އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.
16 ނޮވެމްބަރ 2023
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ މެއި މަހު އެވެ. އޭނާ އަށް އިތުރު ދައުރެއް ދޭން މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މެމްބަރު ކަމަށް ނަޝާތު އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އޭނާ އަށް ހުވާލައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ލިޔުން ހާވާލު ކުރެއްވުމުގެ ކުރިން، ރައީސްގެ ކުރިފުޅުމަތީގައި އީސީގެ މެންބަރު ކަމުގެ ހުވާ ނަޝާތު ކުރެއްވި ކަމަށާއި އޭނާ އަށް ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނަޝާތުއާ އިންޓިވިއުކޮށް، އާންމުންގެ ހިޔާލާ އެކު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ މިދިޔަ މަހުގަ އެވެ.
އެ ކޮމިޓީން ނިންމި ގޮތަށް، އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރަން މަޖިލިހުން އިއްޔެ ފާސްކުރީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަޝާތު އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރު އައްޔަންކުރި ނަޝާތުގެ ދައުރު މިދިޔަ ޖުލައި މަހަށް ހަމަވެފައިވާ އިރު، މިދިޔަ ރިޔާސީ އިންތިހާބު ވެސް ބޭއްވީ ކޮމިޝަނުގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން ތިއްބަވައިގެންނެވެ. އެއީ އީސީގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.
އިންތިހާބު ކުރިން، މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، މެމްބަރުންގެ ބައްދަލުވުންތައް ނުބޭއްވޭ ވަރަށް އީސީގެ އެތެރޭގެ މައްސަލަ ގޯސްވި އެވެ. އެކަމަކު، އެ ހިޔާލު ތަފާތުވުންތައް ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ހައްލު ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން އޭރު ވަނީ ބުނެފަ އެވެ.
އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު
ޓްރައިބިއުނަލްގެ ރައީސަކަށް އީސީގެ އަމްޖަދު
އީސީއަށް ޒާހިދާއި ސޮލާހު އައްޔަން ކުރައްވައިފި
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
ފުއާދުގެ ދައުރު ހަމަވާތީ ކުރިމަތިލާން ހުޅުވާލައިފި
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
އަންނަ މަހުގެ 21 އާއި 22 ސަރުކާރު ބަންދު
ލަސްކޮށްފިނަމަ ގާނޫނު ބުނާ ގޮތަށް އާމަޖިލިސް ނުހޮވިދާނެ
އިންތިހާބު ބާއްވާ ދުވަހާ މެދު އިބޫގެ ކަންބޮޑުވުން!