Roadha Mihaaru
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅަކަށް

ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅަކަށް އަރުވަނީ

12 ނޮވެމްބަރ 2023

ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުންނަށް އެ ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 10:30 ގައި އެ އޮފީހުގައި ކަމަށެވެ.

ނަމަވެސް އެއީ ކޮން ދެ ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުން ބުނީ އެ ޝަރަފަކީ ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފެއް ކަމަށެވެ. އެ ޝަރަފުގެ ގޮތުގައި ރައީސް އަރުވާނީ، މެޑަލް އަކާއި އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.