Roadha Mihaaru
ރިސޯޓު ތަރައްގީކުރަން ހަތް ރަށެއް ހަވާލުކޮށްފި

ރިސޯޓު ތަރައްގީކުރަން ހަތް ރަށެއް ހަވާލުކޮށްފި

21 އެޕްރީލް 2022

ރިސޯޓު ތަރައްގީކުރަން ހުޅުވާލި 18 ރަށުގެ ތެރެއިން ހަތް ރަށެއް އިއްޔެ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިސޯޓު ތަރައްގީކުރަން ހުޅުވާލި 18 ރަށުގެ ތެރެއިން ހަތް ރަށެއް އިއްޔެ ހަވާލުކޮށްފި އެވެ.

އެ ރަށްރަށުގައި ރިސޯޓު ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ މުއްދަތު މިދިޔަ މަހު ހަމަވިއިރު ނުވަ ރަށަކަށް 18 ފަރާތަކުން ބިޑު ހުށަހަޅާފައިވެ އެވެ. އެ ބީލަންތައް އިވެލުއޭޓުކުރުމަށްފަހު އިއްޔެ ވަނީ އެ ތަންތަން ހަވާލުކޮށްފަ އެވެ.

- ހއ. އަލިދުއްފަރުފިނޮޅަށް ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 390،000 ޑޮލަރު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 7،000 ޑޮލަރު

- މ. ސީދީހުރާ (ވެލިގަނޑާ އެކު) ލީސް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 1.5 މިލިއަން ޑޮލަރު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 120،000 ޑޮލަރު

- ފ. އެނބުލުފުއްޓަށް ލީސް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 3.6 މިލިއަން ޑޮލަރު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000 ޑޮލަރު

- ފ. ޖިންނަތުގައުއަށް ލީސް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދެ މިލިއަން ޑޮލަރު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 200،121 ޑޮލަރު

- ގއ. ފުނަދޫވިލިގިއްލާއަށް ލީސް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 702،000 ޑޮލަރު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000 ޑޮލަރު

- ގދ. ކަނޑަހަލަކަލައަށް ލީސް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2.8 މިލިއަން ޑޮލަރު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000 ޑޮލަރު

- ގދ. ފެރޭތަވިލިގިއްލާ (ގދ. ދެކާނބަ، ގދ. ކޮޑެރެޓާ) އަށް ލީސް އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 702،000 ޑޮލަރު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000 ޑޮލަރު

އެ ރަށްތަކުން ދައުލަތަށް 151 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ލީސް އިކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިިނިން ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ 50 ޕަސެންޓު ދެއްކުމުން އިނީޝަލް އެންވަޔަރްމަންޓް އެސެސްމަންޓް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.