Roadha Mihaaru
އެޗްބީއޯގެ ކަސްޓަމަރުންގެ އަދަދު މައްޗަށް

އެޗްބީއޯ އާއި އެޗްބީއޯ މެކްސް އަށް އިތުރު ތިން މިލިއަން ކަސްޓަމަރުން ލިބިއްޖެ

23 އެޕްރީލް 2022

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ނެޓްފްލިކްސްގެ ގިނަ ކަސްޓަމަރުންތަކެއް ގެއްލުނުއިރު، އެ ކުންފުންޏާ އެންމެ ވާދަވެރި އެއް ސްޓްރީމިން ސާވިސް ކަމަށްވާ އެޗްބީއޯ އާއި އެޗްބީއޯ މެކްސް އަށް އިތުރު ތިން މިލިއަން ކަސްޓަމަރުން ނުވަތަ ސަބްސްކްރައިބާސް ލިބިއްޖެ އެވެ.

ވޯނާމީޑިއާގެ ދަށުން ކުރިން ހިންގި އެޗްބީއޯ އާއި އެޗްބީއޯ މެކްސްގެ މައި ކުންފުނި އޭޓީއެންޑްޓީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާރު އެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވަނީ 76.8 މިލިއަނަށް އަރައިފަ އެވެ. އަދި މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް 12.8 މިލިއަން އާ ކަސްޓަމަރުން ލިބިފައިވެ އެވެ.

އެޗްބީއޯ އާއި އެޗްބީއޯ މެކްސް މި މަހު ވަނީ ޑިސްކަވަރީގެ މީޑިއާ ގްރޫޕުގެ ދަށަށް ބަދަލުކޮށްފަ އެވެ. އެއީ ގިނަ ހިދުމަތްތަކެއް އެއްކޮށްލައިގެން ހަދާ ސްޓްރީމިން ސާވިސްއެއް ކަމަށްވާ "ވޯނާ ބްރޯސް ޑިސްކަވަރީ" ފެށުމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އަށް ވަނީ މި އަހަރު ފުރަތަމަ ކުއާޓާގައި 200،000 ކަސްޓަމަރުން ގެއްލިފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ނެޓްފްލިކްސް އަށް ދެ މިލިއަން ކަސްޓަމަރުން ގެއްލިދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެ ޕްލެޓްފޯމަށް އެހެންވީ، އުފައްދާ ކޮންޓެންޓުތަކުގެ ފެންވަރު ދަށްވަމުން ދާތީ ކަމަށް މީހުން ބުނެ އެވެ. އެ ޚަބަރާ އެކު ދުނިޔޭގެ ހިއްސާގެ ބާޒާރުގެ އެ ކުންފުނީގެ ހިއްސާގެ އަގު ވެސް ވަރަށް ބޮޑަށް ވަނީ ވެއްޓިފަ އެވެ.