Roadha Mihaaru
"ސެކްސް އެންޑް ދަ ސިޓީ" ގެ އާ ސީރީޒް ޑިސެމްބަރުގައި

"ސެކްސް އެންޑް ދަ ސިޓީ" ގެ އާ ވެބް ސީރީޒް ޑިސެމްބަރުގައި

07 އޮކްޓޯބަރ 2021

ކުރިން ސިލްސިލާއެއްގެ ގޮތުގަ އާއި ފީޗާ ފިލްމެއްގެ ގޮތުގައި ވެސް ގެނެސްދިން "ސެކްސް އެންޑް ދަ ސިޓީ" ގެ އާ ވެބް ސީރީޒް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެޗްބީއޯ މެކްސް އިން ސްޓްރީމް ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ސިލްސިލާއެއްގެ ގޮތުގަ އާއި ފީޗާ ފިލްމެއްގެ ގޮތުގައި ވެސް ގެނެސްދިން "ސެކްސް އެންޑް ދަ ސިޓީ" ގެ އާ ވެބް ސީރީޒް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެޗްބީއޯ މެކްސް އިން ސްޓްރީމް ކުރަން ނިންމައިފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު މި ޕްރޮޖެކްޓް އިއުލާންކުރީ "ޖަސްޓް ލައިކް ދެޓް" ގެ ނަމުގައި ގެނެސްދޭ ގޮތަށެވެ. "ސެކްސް އެންޑް ދަ ސިޓީ" ކުރީގެ އުފެއްދުންތަކުގައި ނިއު ޔޯކްގައި އުޅޭ ހަތަރު އަންހެނެއްގެ ވާހަކަ ކިޔައިދިން ނަމަވެސް އާ ސީރީޒްގެ ޕްލޮޓް ބިނާ ކޮށްފައި އޮތީ ތިން ކެރެކްޓާއަކަށެވެ. އެއީ ކެރީ ބްރެޑްޝޯގެ ރޯލު ކުޅުނު ސާރާ ޖެސިކާ ޕާކާ އާއި ޝާލޮޓް ޔޯލް ގޯލްޑެން ބްލެޓްގެ ރޯލު ކުޅުނު ކްރިސްޓިން ޑޭވިޒްގެ އިތުރުން މިރަންޑާ ހޮބްސްގެ ރޯލު ކުޅުނު ސިންތިއާ ނިކްސަން އެވެ.

"ޖަސްޓް ލައިކް ދެޓް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސާރާ ރަމިރޭޒް، ސަރީޓާ ޗައުދަރީ، ނިކޯލް އަރީ ޕާކާ، ކަރެން ޕިޓްމަން އަދި އިސާކް ކޯލް ޕަވެލް ހިމެނެ އެވެ. މީގައި ހިމެނޭނީ 10 އެޕިސޯޑެވެ.

ހަ ސީޒަނަކަށް 94 އެޕިސޯޑާ އެކު "ސެކްސް އެންޑް ދަ ސިޓީ" އަކީ އެޗްބީއޯ އިން 1998-2004 އަށް ދެއްކި އެއްޗެކެވެ. އަދި ސިލްސިލާ ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ފީޗާ ފިލްމެއްގެ ގޮތުގައި "ސެކްސް އެންޑް ދަ ސިޓީ: ދަ މޫވީ" ގެނެސްދިނީ 2008 ގަ އެވެ.