ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދިގީގެ ކުރިއަށް އޮތް ފިލްމު "ކޮސްޓާއޯ"ގެ މަންޒަރެއް ނަގަން ކިނބޫ އުޅޭ ކޯރެއްގައި އޭނާ ފަތައިފި އެވެ.
ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދިގީގެ ކުރިއަށް އޮތް ފިލްމު "ކޮސްޓާއޯ"ގެ މަންޒަރެއް ނަގަން ކިނބޫ އުޅޭ ކޯރެއްގައި އޭނާ ފަތައިފި އެވެ.
"ކޮސްޓާއޯ"ގެ ޑައިރެކްޓަރު ސީޖަލް ޝާހް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "ޒޫމް"އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމުގެ މަންޒަރެއް ނެގުމަށް ނަވާޒުއްދީން، ގިނަ އަދަދެއްގެ ކިނބޫ އުޅޭ ކޯރެއްގައި ފެތި ކަމަށެވެ. ނަވާޒުއްދީނަކީ ރަނގަޅަށް ފަތަން ނޭނގޭ މީހަކަށް ވިޔަސް، އެ މަންޒަރު ނަގަން އޭނާ އެއްވެސް ވަރަކަށް ޖެހިލުން ނުވި ކަމަށް އޭނާ ބުންޏެވެ.
ސީޖަލް ބުނީ ނަވާޒުއްދީނަކީ އޭނާ ކުޅޭ ކޮންމެ މަންޒަރެއް ވެސް، ވީހާވެސް އަސްލާ އެއްގޮތަށް ނަގަން ވަރަށް ބޮޑަށް މަސައްކަތްކުރާ ފަންނާނެއް ކަމަށެވެ. ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ އެ ފިލްމަށް ތައްޔާރުވުމަށް ގިނަ ދުވަސްތަކެއް ވަންދެން ނަވާޒުއްދީން ބޮކްސިން އާއި ސްޕްރިންޓިންގެ ޓްރެއިނިންތައް ހެދި ކަމަށް ވެސް ސީޖަލް ބުންޏެވެ.
"ނަވާޒް އަބަދުވެސް އުނދަގޫ މަންޒަރުތައް ނަގަން ވަރަށް މަސައްކަތް ކުރޭ. މި ފިލްމުގައި އަންނަ މަންޒަރެއްގައި އޭނާ ޖެހޭ ކޯރެއްގައި ފީނަން. އެކަމަކު އެއީ ވަރަށް ބައިވަރު ކިނބޫ އުޅޭ ކޯރެއް. އޭނާ ހަމަ ބޭނުންވީ އަސްލަށް މި މަންޒަރު ނަގަން، އޭނާއަށް ރަނގަޅަށް ފަތަން ނޭނގުނަސް،" ސީޖަލް ބުންޏެވެ.
ސީޖަލް ބުނި ގޮތުގައި، ނަވާޒުއްދީން ވަނީ މި ފިލްމުގެ އެހެން މަންޒަރެއް ނަގަން އޭނާގެ އަމިއްލަ ސްޓަންޓެއް ވެސް ޖައްސައިފަ އެވެ. އެއީ "ހައި-ސްޕީޑް ބައިކް ޗޭޒިން" މަންޒަރެކެވެ. އެ މަންޒަރު ނަގަމުން ދަނިކޮށް ނަވާޒުއްދީން ދުއްވި ސައިކަލުގެ ބްރޭކް ވެސް ހަލާކުވި އެވެ. އެކަމަކު، އެވަރުން ވެސް އޭނާ ވަނީ ދޫނުދީ، ކެރެކްޓާއިން ބޭރު ނުވެ، އެ މަންޒަރު ނަގައި ނިންމައިފަ އެވެ.
ކްރައިމް ޑްރާމާ ފިލްމު "ކޮސްޓާއޯ" އަކީ ހަގީގީ ޝަހުސިއްޔަތެއް ކަމަށްވާ، އިންޑިއާގެ ގޯއާގެ ކަސްޓަމްސް އޮފިސަރު ކޯސްޓާއޯ ފަރްނަންޑޭޒަށް ދިމާވި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ކަސްޓަމްސް އަށް ވަގަށް މުދާ އެތެރެކުރަން އުޅުމުގެ ތެރޭގައި ހިނގާ އެކިއެކި ކަންތައްތައް އެ ފިލްމުގައި ދައްކާނެ އެވެ.
ޒީފައިވް އިން ގެނެސްދޭ "ކޮސްޓާއޯ" ސްޓްރީމްކުރަން ފަށަނީ މާދަމާ އެވެ.
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ
އަނުޝްކާގެ ކްރިކެޓް ފިލްމު ރިލީޒްކުރަނީ؟
ޝާހުގެ "ކިންގް"ގެ ފުރަތަމަ ޓީޒާ ނެރެފި
ފިލްމު "ހައްގު"އަށް ފުރައްސާރައިގެ ތުހުމަތު
ކާތިކްގެ "ނާގްޒިއްލާ" ގެނެސްދެނީ އަންނަ އަހަރު
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ"އަށް 100 ކްރޯޑް
އަގަސްތިޔަގެ އާ ފިލްމު "އިއްކިސް"ގެ ޓްރެއިލާ ނެރެފި
ހަރްޝްގެ އާ ފިލްމަށް ވެސް ތަރުހީބު ރަނގަޅު
ރަޝްމިކާ އާއި އަޔުޝްމަންގެ ފިލްމަށް ރަނގަޅު ފެށުމެއް