Roadha Mihaaru
ޕްރިންސް ލުއީސްގެ އާ ފޮޓޯތަކެއް

ޕްރިންސް ލުއީސްގެ އާ ފޮޓޯތަކެއް

24 އެޕްރީލް 2022

ޕްރިންސް ވިލިއަމް އާއި ކޭޓް މިޑިލްޓަންގެ އެންމެ ހަގު ދަރިކަލުން، ޕްރިންސް ލުއީސްގެ އުފަންދުވަހާ ދިމާކޮށް އޭނާގެ އާ ފޮޓޯތަކެއް އާންމުކޮށްފި އެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް މިޑިލްޓަންގެ އެންމެ ހަގު ދަރިކަލުން، ޕްރިންސް ލުއީސްގެ އުފަންދުވަހާ ދިމާކޮށް އޭނާގެ އާ ފޮޓޯތަކެއް އާންމުކޮށްފި އެވެ.

އިއްޔެ ފާހަގަކުރި ލުއީސްގެ ހަތަރު ވަނަ އުފަންދުވަހާ ދިމާކޮށް، ވިލިއަމް އާއި ކޭޓްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި އޭނާގެ ހަތަރު ފޮޓޯއެއް ހިއްސާކުރެއްވި އެވެ. ވިލިއަމް އާއި ކޭޓް، ކޮންމެ އަހަރަކު ވެސް، އެ ދެކަނބަލުންގެ ބޭފުޅުންގެ އުފަންދުވަހާ ދިމާކޮށް، އާ ފޮޓޯތައް އިންސްޓަގްރާމް ކުރައްވަ އެވެ.

އެ ފޮޓޯތަކުގައި ލުއީސް ފެންނަނީ އިންގްލޭންޑްގެ ނޯކްފޯކްގެ ބީޗުގައި ކުޅެއް އުޅުއްވާ ތަނެވެ. އަދި އެ ފޮޓޯތައް ނެންގެވީ ވެސް ކޭޓް އެވެ.

ލުއީސް އުފަންވެވަޑައިގަތީ އެޕްރީލް 23، 2018 ގަ އެވެ. އަދި އޭނާ އަކީ ޝާހީ ރަސްކަމުގެ ތަހުތު ވާރުތަވާނެ ބޭފުޅުންގެ ތެރެއިން ފަސް ވަނަ ހުންނަވާ ބޭފުޅާ އެވެ. އޭނާއާ އެއްބަނޑުއެއްބަފާ ދެން ތިއްބަވަނީ ޕްރިންސް ޖޯޖް އާއި ޕްރިންސެސް ޝާލޮޓް އެވެ.