ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގަައި ދަަށު ކޯޓުން ދޫކޮށްލި ދެ މީހުން އަލުން ބަންދުކުރަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
24 އެޕްރީލް 2022
ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގަައި ދަަށު ކޯޓުން ދޫކޮށްލި ދެ މީހުން އަލުން ބަންދުކުރަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ކަނޑުމަގުން 2020 ވަނަ އަހަރު ރާއްޖެ އެތެރެކުރި 130 ކިލޯ ޑްރަގް މައްްސަލާގައި ދައުވާލިބޭ ޕީއެންސީގެ ކައުންސިލެއް މެމްބަރެއް ކަމަށްވާ ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހުމަދު މޫސާ ބޭސްފަރުވާއަށް ދެ މަސް ދުވަހަށް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ މިމަހު ކުރީކޮޅު އެވެ. އެ އެއީ ބޭސްފަރުވާއާ ގުޅިގެން ކުރި ޝަކުވާތަކާ ގުޅިގެންނެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ދެ މީހުން ދޫކުރަން އެންގި އެންގުން ބާތިލްކުރާ ކަމަށެވެ. އަދި އެ މީހުން ބަންދުކުރަން ނެރެފައިވާ އަމުރު އެގޮތުގައި އަދިވެސް ދެމިއެބައޮތް ކަމަށް ނިންމާފައިވާތީ އެ މީހުން އަލުން ޖަލު ބަންދަށް ބަދަލު ކުރާނެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މީހުންގެ ސިއްހީ ފަރުވާއާ ގުޅިގެން މީހަކު ބަންދުން ދޫކުރެވޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައި އޮތަސް، އެ ނިންމުމާ މިހާރު ދުރަށް ދާންޖެހޭ ކަމަށެވެ.
ހުކުމުގައިވަނީ ބަންދުގައި ތިބޭ މީހުންނަށް ފަރުވާ ނުލިިބުމުގެ މައްސަލަތަކަށް މީގެކުރިން ހައްލު ހޯދާފައިވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކަމަށް އެ ހުކުމުގައިވެ އެވެ. އޭގެ މިސާލެއްގެ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖަލުގައި ފަރުވާ ނުދިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން ހައި ކޯޓުން ފާހަގަކުރި އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ ދެ މީހުން އަލުން ބަންދު ކުރަން ނިންމެވިޔަސް، އެ ނިންމުމަށް ވާސިލްވުމުގައި އެއް ފަނޑިޔާރުގެ ރައުޔު ތަފާތުވި އެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު ހަސަން ޝަފީއު ރައުޔު ތަފާތުވީ ސިއްހީ ސަބަބަށްޓަކައި ބަންދަށް ލުއި ނުދެވޭނެ ކަމަށް އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކުރި ކުރުމާ އެވެ.
ފަނޑިޔާރު ޝަފީއު ވިދާޅުވީ ބަންދު މުރާޖާ ކުރުމުގެ ތެރޭގައި ސިއްހީ ސަބަބަކަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށެވެ. އަދި ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގަކަށް ވާއިރު، ޟަރޫރީ ސަބަބަކަށްޓަކައި ވެސް ބަންދަށް ލުއި ނުލިބޭނެ ގޮތަަކަށް އެކަން މާނަ ނުކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އެކަމަކު ޝަހީބާއި އަހުމަދު މޫސާ އަލުން ބަންދު ކުރަން އޭނާ ވެސް ތާއީދު ކުރެއްވި އެވެ. އެއީ އެ ދެ މީހުންގެ ސީރިއަސް ސިއްހީ މައްސަލައެއް ހުރިކަން ޑޮކްޓަރުން ފާހަގަ ކޮށްފައި ނެތުމުންނެވެ.
ފަނޑިޔާރު ޝަފީއުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
72 ކިލޯ ޑްރަގް: ހެކިތަކެއް ބަލައިގަންނަން އަންގައިފި
72 ކިލޯ ޑްރަގް: ބޭރުކޮށްލި މައްސަލަ އަލުން ބަލަނީ
130 ކިލޯ ޑްރަގު: ދެ މީހުން ދޫކުރި މައްސަލަ ފަށަނީ
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ