ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި މީހަކަށް ކުރި ދެ ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.
11 ޖޫން 2022
ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި މީހަކަށް ކުރި ދެ ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.
ޑިސެމްބަރު، 2020 ގައި މަސް ދޯންޏެއްގައި އެތެރެކޮށް، ކާރެއްގައި ގެންދަނިކޮށް މާލޭގެ މަގުމަތިން އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން 10 މީހެއްގެ މައްޗަށް ކުރާ ދައުވާގައި އޭގެ ތެރެއިން ދެ މީހަކަށް ކުރި ތިން ދައުވާއެއް ކްރިމިނަލް ކޯޓުން މިދިޔަ މަހު ބޭރުކޮށްލީ ތަހުގީގުގެ މުއްދަތު ގާނޫނާ ޚިލާފަށް އިތުރުކޮށްދިން ކަމަށް ބުނެ އެވެ.
އޭގެ ތެރެއިން ހ. ގާޑެންބިއުޓީ މުހައްމަދު އަކްރަމްގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު އަމުރުކުރީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވަނީ ތަހުގީގުގެ މުއްދަތު ހަމަވުމުގެ ކުރިން ގާނޫނުގައިވާ ގޮތަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި ދިމާވި ހަމައެކަނި މައްސަލައަކީ ތަހުގީގުގެ މުއްދަތު އިތުރުކޮށްދިން ލިޔުންތައް ދައުލަތުން ދަށު ކޯޓަށް ހުށަހެޅިއިރު އެ ލިޔުންތަކުގެ ތާރީޚްތަކުގައި އޮޅުންތަކެއް ހުރުން ކަމަށާއި އެކަމަކު އެކަންކަން އިސްލާހު ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުސައިން މަޒީދުގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރެއްވިޔަސް، ފަނޑިޔާރު މުހައްމަދު ފައިސަލް ނިންމެވީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އޭގެ އެއް ސަބަބަކަށް އޭނާ ދެއްކެވީ ތަހުގީގުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދުނު ބައެއް ލިޔުންތައް ނެތުމާއި ގާނޫނު އޮތްގޮތުން އަމިއްލަ އިސް ނެގުމުގައި އެކަން ނުކުރެވޭނެތީ އެވެ.
އަނެއް ސަބަބަކަށް ފަނޑިޔާރު ފައިސަލްގެ ރައުޔުގައިވަނީ ލިޔުންތަކުގައި އޮޅުންތަކަކީ އިސްލާހު ކުރުމުގެ ފުރުސަތު އޮތް ކަންތައްތަކަކަށް ވިޔަސް، އެކަން އިސްލާހު ކުރުމުގެ ބަދަލުގައި ދައުލަތުން މަސައްކަތްކުރީ އެ އޮޅުން ދިފާއުކޮށް، ފޮރުވަން ކަމަށެވެ. އަދި މިކަމުގައި ކަން ހިނގި ގޮތް އަދިވެސް ދައުލަތުން ރަނގަޅަށް ސާފުކޮށް ނުދޭ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
މިފަދަ ބޮޑު މައްސަލައެއްގައި ދައުލަތުން އަމަލުކުރަނީ ސީރިއަސް ގޮތެއްގައި ނޫން ކަމަށް ވެސް އޭނާގެ ރައުޔުގައި ލިޔުއްވާފައިވެ އެވެ.
72 ކިލޯ ޑްރަގް: ހެކިތަކެއް ބަލައިގަންނަން އަންގައިފި
130 ކިލޯ ޑްރަގް: ދޫކުރި ދެ މީހުން އަލުން ބަންދަށް
130 ކިލޯ ޑްރަގު: ދެ މީހުން ދޫކުރި މައްސަލަ ފަށަނީ
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ