Roadha Mihaaru
ބާވެފައިވާ އެޕްތައް އެޕް ސްޓޯރުން ބޭރުކުރަނީ

ބާވެފައިވާ އެޕްތައް އެޕް ސްޓޯރުން އަނެއްކާ ވެސް ބޭރުކުރަނީ

26 އެޕްރީލް 2022

އެޕަލް އެޕް ސޯޓްރުގައި ހުރި އެޕްތަކުގެ ތެރެއިން އަޕްޑޭޓްނުވެ، ގިނަ ދުވަސްވެފައިވާ އެޕްތައް ރިމޫވް ކުރާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް އެ ކުންފުނިން ދީފި އެވެ.

އެޕަލް އެޕް ސޯޓްރުގައި ހުރި އެޕްތަކުގެ ތެރެއިން އަޕްޑޭޓްނުވެ، ގިނަ ދުވަސްވެފައިވާ އެޕްތައް ރިމޫވް ކުރާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް އެ ކުންފުނިން ދީފި އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އެޕަލް އިން ވަނީ، ބާވެފައިވާ އެޕްތައް، އެޕް ސްޓޯރުން ރިމޫވްކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އަޕްޑޭޓްނުވެ، ގިނަ ދުވަސްވެފައިވާ އެޕްތަކުގެ ޑިވެލޮޕަރުންނަށް އެޕަލް އިން މިދިޔަ ހޯމަ ދުވަހު ފޮނުވި އީމެއިލްއެއްގައި ބުނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އާ އަޕްޑޭޓެއް ރިވިއުކުރަން ނުފޮނުވައިފި ނަމަ، އެޕްތައް ރިމޫވް ކުރާނެ ކަމަށެވެ.

އެޕް ސްޓޯރުން އެ އެޕްތައް ރިމޫވް ކުރިޔަސް، އޭގެ ކުރިން ޑައުންލޯޑްކޮށްފައިވާ ނަމަ އެ އެޕް އަދިވެސް ބޭނުންކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އެޕަލްގެ އެ ނިންމުމާ ގުޅިގެން ބައެއް ޑިވެލޮޕަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ޑިވެލޮޕަރުން ބުނާ ގޮތުގައި ބައެއް އެޕްތައް އަޕްޑޭޓް ނުވިޔަސް، އެއްވެސް މައްސަލައެއް ދިމާނުވެ މިހާރު ވެސް ގިނަ ބަޔަކު އެ އެޕްތައް ބޭނުންކުރަމުން އަންނައިރު، އެ ރިމޫވްކުރުމަކީ ކޮށްގެން ވާނެ ކަމަށް ނޫން ކަމަށެވެ.