ޔޫކްރޭނާއި ރަޝިޔާއާ ދެމެދުގައި މިހާރު އުފެދިފައިވާ މައްސަލަ ހައްލުކޮށް ހަނގުރާމަ ހުއްޓައިލަން ހަގީގަތުގައި ވެސް އެދޭ ނަމަ، އެމެރިކާ އާއި ނޭޓޯ އިން ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ރަޝިޔާ އިން އަނެއްކާ ވެސް ގޮވާލައިފި އެވެ.
ޔޫކްރޭނާއި ރަޝިޔާއާ ދެމެދުގައި މިހާރު އުފެދިފައިވާ މައްސަލަ ހައްލުކޮށް ހަނގުރާމަ ހުއްޓައިލަން ހަގީގަތުގައި ވެސް އެދޭ ނަމަ، އެމެރިކާ އާއި ނޭޓޯ އިން ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ރަޝިޔާ އިން އަނެއްކާ ވެސް ގޮވާލައިފި އެވެ.
"ޔޫކްރޭންގެ މައްސަލަ ހައްލުކުރުމުގެ ޝައުގުވެރިކަމެއް އެމެރިކާ އާއި ނޭޓޯގައި ހަގީގަތުގައި ވެސް ހުރި ނަމަ، އެންމެ ފުރަތަމަ ކަމަކަށް، އެމީހުން މިމައްސަލައަށް ރަނގަޅަށް ހޭލައި، ކިޔޭވްގެ ސަރުކާރަށް ހަތިޔާރާއި ބަޑީގެ އުންޑައާއި ވަޒަން ފޮނުވުން ހުއްޓައިލަންޖެހޭނެ،" ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާ އަށް ދެއްވި އިންޓަވިއުއެއްގައި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް މިއަދު ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަންނަނީ، ޔޫކްރޭނަށް އަސްކަރީ ސާމާނާއި ޒަމާނީ ހަތިޔާރު ފޮނުވަމުންނެވެ. އެ ގޮތުން މިހާތަނަށް އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ހަތިޔާރު ޔޫކްރޭނަށް ފޮނުވައިފި އެވެ.
ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެ، ރަޝިޔާ ބަލިކުރުމުގެ ބޭނުމުގައި، ޔޫކްރޭނަށް އިތުރު ހަތިޔާރު ފޮނުވުމަށްޓަކައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާރުވަނީ އިތުރު 33 ބލިއަން ޑޮލަރު ފާސްކޮށްދެއްވުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
އެމެރިކާ އިން ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ، އަނދަމުން ދާ އަލިފާންގަނޑަކަށް އިތުރަށް ދަރުއެޅުން ކަމަށް ސިފަކޮށް، ރަޝިޔާ އިން ވަނީ ޔޫކްރޭނަށް ހަތިޔާރު ނުފޮނުވުމަށް ތަކުރާރުކޮށް އެމެރިކާ އަށް އިންޒާރު ކޮށްފަ އެވެ. ރަޝިޔާ އިން ބުނާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ ޔޫރަޕްގެ ސަލާމަތީ ރައްކާތެރިކަމަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެކެވެ.
ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބުވުމާއެކު، ރަޝިޔާ ސިފައިންގެ ހަމަލާތައް މިހާރު އަމާޒުކޮށްފައިވަނީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށެވެ. ރަޝިޔާ ސިފައިންގެ އަމާޒު މިހާރު ހުރީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް، ރަޝިޔާ އިން އެކަން ބަލައިގެންފައިވާ، ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ ހިމެނޭ ދޮންބާސް ސަރަހައްދު ރަޝިޔާއާ މުޅިން ވަކިކޮށްލުމަށެވެ.
ރަޝިޔާގެ ހާރިޖީ ވަޒީރު ލަވްރޯވް ވިދާޅުވާ ގޮތުގައި ޔޫކްރޭންގައި ރަޝިޔާ އިން ފެށި އަސްކަރީ ހާއްސަ ހަރަކާތްތައް ކުރިއަށް ދަނީ ދުރާލައި ކަނޑައަޅާފައިވާ ރޭވުމާ މުޅިން އެއްގޮތަށެވެ. އަދި މިހާރު ކުރިއަށް ދަނީ ދެ ވަނަ މަރުހަލާގެ ހަރަކާތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ނޭޓޯ އިން ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ