ރާއްޖޭގެ ފޮރިން ސެކްރެޓަރީއަކަށް، ޖަރުމަނުގައި މިހާތަނަށް ހުންނެވި ދިވެހި ސަފީރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.
01 މެއި 2022
ރާއްޖޭގެ ފޮރިން ސެކްރެޓަރީއަކަށް، ޖަރުމަނުގައި މިހާތަނަށް ހުންނެވި ދިވެހި ސަފީރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.
އަދި މިހާތަނަށް އެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުލްޣަފޫރު މުހައްމަދު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފަ އެވެ
ލަތީފްގެ ބަދަލުގައި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ހަމަޖައްސަވަން ރައީސް ނިންމަވާފައި ވަނީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި ޝާން ޝާކިރެވެ. އޭނާ އަށް ރުހުން ހޯއްދަވަން ރައީސް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ.
ދިވެހި ހާރިޖިއްޔާގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ލަތީފު ވަނީ 2007 ވަނަ އަހަރުން ފެށިގެން ޗައިނާ ސަރުކާރަށް ރާއްޖެ އިން ކަނޑައެޅި ފުރަތަމަ ސަފީރުގެ ގޮތުގައި ފަސް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ޖަރުމަނުގެ ސަފީރަކަށް އައްޔަން ކުރެއްވީ ޖެނުއަރީ 20، 2019 ގަ އެވެ.
ލަތީފާއި ޣަފޫރަކީ ވެސް ދިވެހި ހާރިޖިއްޔާގައި މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
ސައުދީން ރާއްޖެ އަށް އާ ސަފީރެއް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު: ރައީސް
ސިންގަޕޫރުގެ ސަފީރަކަށް ޑރ. މައުސޫމް އައްޔަންކޮށްފި
ލަތީފް ޖަރުމަނު ސަފީރަކަށް، ލަންކާއަށް އުމަރު
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް
އަލުން ގުޅޭތީ ކޮމަންވެލްތުގެ މަރުހަބާ ރާއްޖެއަށް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި