11 މެއި 2022
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރުން ނުކުމެ އޭނާ އަށް ތާއީދުކުރާ މައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރުން ނުކުމެ އޭނާ އަށް ތާއީދުކުރާ މައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އިންތިހާބުގައި ވާދަ ކުރައްވާ ފައްޔާޒް ވަކި ކުރުމަށް އެމްޑީޕީގެ 33 މެމްބަރުން ސޮއި ކުރައްވައި މަޖިލީހަށް މައްސަލައެއް ހުށަހެޅުމަށް އޭނާ އާ ހަވާލު ކުރެއްވި ކަމަށެވެ. އެ މައްސަލައިގެ ލިޔުން ވެސް އޭނާ މިއަދު އާންމުކުރެއްވި އެވެ.
ފައްޔާޒަށް އެމްޑީޕީ ހިންގާލެވޭނެ ކަމަށް ބުނަމުން އަންނަނީ ވެސް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި މެމްބަރުން ކަމަށާއި އެއީ އެމްޑީޕީގެ އާންމު މެމްބަރުންނަށް ވެވޭ ބޮޑު އޮޅުވާލުމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
"ހިންގާލަން" އަކީ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒް ބޭނުން ކުރާ ކެމްޕެއިން ސްލޯގަން އެވެ.
MDP ޕ ގްރޫޕުގެ 33 މެންބަރުން ސޮއިކޮށް މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމަށް ބުނެ، މަޖްލީހަށް ހުށަހެޅުމަށް ވަނީ އަޅުގަނޑާ ހަވާލުކޮށްފައި. މިއަދު ހަމަ އެމެންބަރުން ފައްޔާޒައް ޕާޓީ ހިންގާލެވޭނޭކަމަށް ބުނާ ބުނުމަކީ MDP ގެ އާއްމު މެންބަރުންނަށް ވަރަށްބޮޑު އޮޅުވާލުމެއް. pic.twitter.com/Cdt04jP2JH
— ??? ???? (@aliaazim) May 11, 2022
އޭނާގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ތެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ.
ނަމަވެސް މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅޭ ވަރަށް ސޮއި ހަމައެއް ނުކުރެވުނެވެ.
ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާ ވަދާ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އިންތިގެ ކެމްޕެއިން ޓީމުގެ ފަރާތުން އަންނަނީ ފައްޔާޒަށް ނުފޫޒާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ.
އެމްޑީޕީގެ ރައީސް ނަޝީދު ވެސް ތާއީދު ކުރައްވަނީ އިންތި އަށެވެ. ނަމަވެސް އަދި ފާޅުގައި އިންތި އެންޑޯޒެއް ނުކުރައްވަ އެވެ.
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ރައީސް ވަކިކުރާނެ ކަމުގެ އިންޒާރު އާޒިމް ދީފި
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
"ފައްޔާޒު ވަކިކުރަން ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް"
އަޅުގަނޑު މަގާމުން ވަކިކުރާނީ ރައީސް: ފައްޔާޒު
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!
އެލެކްސް އަހުމަދު ބުނަނީ ތިމަންނާއަކީ ނަޝީދު ކަމަށް!