ބޮލީވުޑުން މި އަހަރު ފެންނާނެ ކަމަށް ބެލެވޭ ކައިވެނިތަކުގެ ތެރެއިން ފަރުހާން އަޚްތަރާއި ލޯބިވެރިޔާ ޝިބާނީ ޑަންޑޭކަރް، އަންނަ މަހު ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
06 ޖެނުއަރީ 2022
ބޮލީވުޑުން މި އަހަރު ފެންނާނެ ކަމަށް ބެލެވޭ ކައިވެނިތަކުގެ ތެރެއިން ފަރުހާން އަޚްތަރާއި ލޯބިވެރިޔާ ޝިބާނީ ޑަންޑޭކަރް، އަންނަ މަހު ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު އަހަރެއްހާ ދުވަސްވެފައިވާ އެ ދެ މީހުންގެ ކައިވެނި މާޗުގައި، މުމްބާއީގައި ވަރަށް ކުލަގަކޮށް ބޭއްވުމުގެ ޕްލޭންތައް ކުރި ނަމަވެސް، މިހާރު ކޮވިޑްގެ ހާލަތު އިންޑިއާގައި އަނެއްކާ ވެސް ގޯސްވަމުންދާތީ، ހަފުލާ ބާއްވަނީ މަދު ބަޔަކު ބައިވެރިވާ ގޮތަށް އާދައިގެ ގޮތަކަށެވެ.
ފަރުހާން، 47، ދެވަނަ ކައިވެންޏަށް ތައްޔާރުވާ އިރު އޭނާގެ އަލަތު ކައިވެންޏަށް ދެ އަންހެން ދަރިން ވެސް ލިބިފައި ވަނިކޮށް، ކައިވެނި ރޫޅައިލީ 2017 ގަ އެވެ. ފަރުހާނާއި ހެއާ ސްޓައިސްޓް އަދުނާނީ އަށް ލިބުނު ދެ ދަރިންނަކީ މިހާރު 21 އަހަރުގެ ޝަކިއާ އަޚްތަރާއި އަކިރާ އަޚްތަރު، 13، އެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި ފާހަގަކޮށްލެވުނު ޝިބާނީ، 41، ބައެއް ފިލްމުތަކުގައި އެކްޓްކޮށް، ޓީވީ ޝޯތަކެއް ހޯސްޓް ވެސް ކޮށްފައިވެ އެވެ.
ފަރުޚާނަކީ ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން މަލްޓި-ޓާސްކިންގައި އެންމެ ފާހަގަކޮށްލެވޭ އެކެކެވެ. އޭނާ އަކީ ޑައިރެކްޓަރެއް، އެކްޓަރެއް، ލަވަކިޔުންތެރިއެއް، ސްކްރީން ރައިޓަރެއް އަދި ޕްރޮޑިއުސަރެކެވެ. ދެހާސް އެކެއްގެ "ދިލް ޗާތާ ހޭ" އިން ޑައިރެކްޝަނަށް ނުކުތް ފަރުޚާން މިހާރު އަންނަނީ "ޖީ ލޭ ޒަރާ" ކިޔާ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވަމުންނެވެ.
އޭނާ އެންމެ ފަހުން ފެނިފައިވާ މިދިޔަ އަހަރުގެ ސްޕޯޓްސް ޑްރާމާ ފިލްމު "ތޫފާން" އިންނެވެ. ފަރުހާނަކީ މިހާރު ބަތަލާ ޝަބާނާ އާޒްމީއާ ކައިވެނިކޮށްގެން އުޅޭ މަޝްހޫރު ޅެންވެރިޔާ/ސްކްރީން ރައިޓަރު ޖާވިދު އަޚްތަރާއި ސްކްރީން ރައިޓަރު ހަނީ އިރާނީގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ފަރުޚާންގެ ދައްތަ ޒޯޔާ އަޚްތަރަކީ ވެސް މަޝްހޫރު ޑައިރެކްޓަރެކެވެ.
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
އާމިރާއި ސަންޖީދާ ވަރިވެއްޖެ
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ކަރަން އާއި ނިޝާގެ ބޮޑެތި ތުހުމަތުތަކެއް
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
އެކްޓަރު މޯހިތު ކައިވެނިކޮށްފި
ސުޝާންތުއާ ރައްޓެހިވި އަންކިތާ ކައިވެނިކޮށްފި
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން