ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ ހަ މީހުންނާ ދެކޮޅަށް ހުށަހެޅި ގިނަ ހެކިތަކެއް ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
15 މެއި 2022
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ ހަ މީހުންނާ ދެކޮޅަށް ހުށަހެޅި ގިނަ ހެކިތަކެއް ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
ބޮމުގެ މައްސަލާގައި ދައުވާލިބޭ ދެ މީހުން
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ސިއްރުކުރަން އެދިގެން ސިއްރުކުރަން ނިންމީ ސިއްރު ހެކިންގެ ބަޔާންތަކާއި އިންޓަވިއުތަކާއި އެމްއެންޑީއެފްގައި މަސައްކަތްކުރާ ބައެއް މީހުންގެ ބަޔާންތައް ހިމެނެ އެވެ.
- ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން - މުޖާޒް، ތަހުމީން، ހައިޝަމް، ނާޒިމް އަދި އިސްހާގުގެ މައްޗަށް
- ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ތަހުމީން، ހައިޝަމް، ފަހުމީ އަދި އިސްހާގުގެ މައްޗަށް
- ގޮވާތަކެތި އެހެން ތަނަކަށް ގެންދަން އެހީތެރިވުން - ތަހުމީން އަދި ހައިޝަމްގެ މައްޗަށް
- ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުން - އިސްހާހުގެ މައްޗަށް
- ކުށެއް ކޮށްފައިވާ މީހަކު ފިލުމަށް އެހީވުން - މުޖާޒްގެ މައްޗަށް
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން - ތަހުމީންގެ މައްޗަށް
ދައުވާލިބޭ އިތުރު ދެ މީހެއް
މީގެ އިތުރުން ދިފާއީ ވަކީލުން ކޯޓަށް ހާޒިރުވެގެން އެކަނި ބެލޭ ގޮތަށް ބައެއް ހެކިތަކުގެ ވަކި މިންވަރެއް ސިއްރުކުރަން ވެސް ނިންމި އެވެ. އެއީ އިންޓެލިޖެންސް ރިޕޯޓްތަކާއި އޮސްޓްރޭލިއާ ފުލުހުންގެ ރިޕޯޓަކާއި ކޯލް ޑީޓެއިލްތަކެއްގެ ރިޕޯޓުތަކެވެ.
އެ މައްސަލާގައި ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަހު އެއްކޮށް ނިންމާލާނެކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދައުވާލިބޭ މީހުންނަށް ވަނީ ދީފަ އެވެ.
ނަޝީދަށް ބޮމުގެ ހަމަލާގައި ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު އޮތީ އިއްވައިފަ އެވެ.
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
ބޮމުގެ ހަމަލާ:މައްސަލަ ކުރިއަށް ގެންދެވޭނެ: ކޯޓު
ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ބޮމުގެ ހަމަލާ: ހެކީގެ ފުރުސަތު އެކަކަށް އަލުން ދެނީ
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!