Roadha Mihaaru
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ

ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ

19 އެޕްރީލް 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް މިއަހަރުގެ އޮގަސްޓް މަހު ނިންމަން ތާވަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް މިއަހަރުގެ އޮގަސްޓް މަހު ނިންމަން ތާވަލްކޮށްފި އެވެ.

މެއި، 2021 ގައި ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ގޮތުން ދެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަަޅައިފަ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ކުރިއަށް އޮތް އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށްފަހު ދެ ފަރާތާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ ތާވަލް އޮތްގޮތުން އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ކޯޓުގެ ބާރު ނުފޯރާ ކަމެއް މެދުވެރިނުވާހާ ހިނދަކު އެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ. އެހެން ނަމަވެސް ހެކިން ހާޒިރުކުރަން ދަތިވާނަމަ މައްސަލަ އެއަށް ވުރެ ލަސްވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ދެން އޮންނާނީ ހެކިބަސް ނެގުން ކަމަށާއި އަދި ހެކިވެރިން ހާޒިރުކުރަން ދަތިވާނަމަ، އެކަން ކޯޓާ ހިއްސާ ކުރުމުން ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ހާޒިރުކުރަން ޖެހޭ ހެކިވެރިން ތިބި ނަމަ އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އޮތީ އިއްވައިފަ އެވެ.