Roadha Mihaaru
ބޮމުގެ ހަމަލާ: ހެކީގެ ފުރުސަތު އެކަކަށް އަލުން ދެނީ

ބޮމުގެ ހަމަލާ: ހެކި ހުށަހެޅުމުގެ ފުރުސަތު ތަހުމީނަށް އަލުން ދެނީ

10 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅިގެން ދައުލަތުން ދައުވާކުރާ ތަހުމީން އަހުމަދަށް ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅިގެން ދައުލަތުން ދައުވާކުރާ ތަހުމީން އަހުމަދަށް ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މެއި 2021 ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

އެ މައްސަލާގައި ހެކި ހުށަހަޅަން ދިން މުއްދަތުގައި ތަހުމީންގެ ފަރާތުން އޭރު ހެކި ހުށަހަޅާފައި ނުވަނީ އޭރު އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި ވަކީލުގެ އިހުމާލުން ކަމަށް ވާތީ އެ ފުރުސަތު އަލުން ދޭން ތަހުމީންގެ ފަރާތުން ކުރިން އޮތީ އެދިފަ އެވެ.

ބޮމުގެ ހަމަލާގެ ޝަރީއަތް މިއަދު ކުރިއަށް ދަނީ

ބޮމުގެ ހަމަލާގެ ޝަރީއަތް މިއަދު ކުރިއަށް ދަނީ

ތަހުމީނަށް އެ ފުރުސަތު ނުދޭން ކުރިން ނިންމާފައި އޮތަސް، އެ ފުރުސަތު ދޭން މިއަދު ނިންމީ ތަހުމީންގެ ކުރީގެ ވަކީލްގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ އެވެ. އޭރު ހެކި ހުށަނޭޅުނީ އޮޅިގެން ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ތަހުމީނަށް އަލުން ހެކި ހުށަހެޅުމުގެ ފުރުސަތު ދޭން ދައުލަތުން ދެކޮޅެއް ނަހަދަ އެވެ. ދައުލަތުން އެދުނީ އެ ފުރުސަތު ދޭ ނަމަ ހެއްކާ ބެހޭގޮތުން ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދިނުމަށެވެ. އެހެންވެ، އެ ފުރުސަތު ތަހުމީނަށް އަލުން ދޭން ނިންމި އެވެ.

އެ ހެކިތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް ތިން ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ.

ޝަރީއަތުގެ މަރުހަލާ ފަށައި، ހެކިބަސް ނެގުމުގެ ބައި މިއަދު ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތަސް، ތަހުމީނަށް އެ ފުރުސަތު ދިނުމުގެ ގޮތުން ހެކިބަސް ނެގުމުގެ ބައި ވަނީ ފަސްކޮށްފަ އެވެ. ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، 23 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް ވަނީ އިއްވައިފަ އެވެ.