16 މެއި 2022
ކޮލަމްބޯ (މެއި 16) - ސްރީ ލަންކާ އިން ޕެޓްރޯލް ހުސްވެފައިވާ ކަމަށާއި އެންމެ އަސާސީ ތަކެތި ގަންނަން ވެސް ޑޮލަރު ހޯދަން ދަތިވެފައިވާ ކަމަށް އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (މެއި 16) - ސްރީ ލަންކާ އިން ޕެޓްރޯލް ހުސްވެފައިވާ ކަމަށާއި އެންމެ އަސާސީ ތަކެތި ގަންނަން ވެސް ޑޮލަރު ހޯދަން ދަތިވެފައިވާ ކަމަށް އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބްކުރައްވަމުން ރަނިލް ވިދާޅުވީ ކުރިއަށް އޮތީ ވެސް ވަރަށް ދަތި އުނދަގޫ މަސްތަކެެއް ކަމަށެވެ.
"ލަންކާ އިން ޕެޓްރޯލް ހުސްވެއްޖެ. ސްޓޮކް ހުރީ އެންމެ ދުވަހަކަށްވާ ވަރަށް،" ރަނިލް ވިދާޅުވި އެވެ.
ހަ ވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިދާޅުވީ ކޮލަމްބޯގެ ބޭރުގައި ތެޔޮ ބޯޓުތައް މިހާރު ވެސް ބަނދަރުކޮށްފައިވާ ކަމަށާއި ނަމަވެސް އެ ތެޔޮ ބޭލުމުގެ ކުރިން ދައްކަންޖެހޭ ފައިސާ އަށް ބޭނުންވާ ޑޮލަރު ސަރުކާރަށް ހަމަނުޖެހުނު ކަމަށެވެ.
"އެއްވެސް ކަމެއް ސިއްރުކޮށް، ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދެއް އަޅުގަނޑުގެ ނެތް. ކުރިއަށް އޮތް މަސްތަކުގައި ރައްޔިތުން އުޅެން ޖެހޭނީ ވަރަށް ދަތި ހާލުގައި،" ކުރީގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ބަދަލުގައި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިދާޅުވި އެވެ.
އެމަނިކުފާން އެދިވަޑައިގެންނެވީ ރައްޔިތުން ކެތްތެރިކަމާ އެކު ތިއްބެވުމަށެވެ. އަދި މި ހާލަތުން ނެރެދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
ރަނިލް ވިދާޅުވީ ސިވިލް ސާވިސްގެ 1.4 މިލިއަން މުވައްޒަފުންނަށް މެއި މަހު މުސާރަ ދޭނެ ފައިސާ ވެސް ސަރުކާރުގައި ނެތް ކަމަށެވެ. އަދި މުސާރަ ދިނުމަށްޓަކައި ފައިސާ ޗާޕްކުރުން ނޫން އެހެން އެއްވެސް ގޮތެއް އޭނާ އަށް ނެތް ކަމަށް ވިދާޅުވި އެވެ.
ތެލާއި ކަރަންޓުގެ ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުވާނެކަމުގެ އިންޒާރު ރަނިލް ދެއްވި އެވެ. އަދި ގެއްލުން ކުޑަކުރުމުގެ ގޮތުން، މިހާރު ވެސް ގެއްލުމާ އެކު ހިންގާ ގައުމީ އެއާލައިން ވިއްކާލާނެ ކަމަށް ވިދާޅުވި އެވެ.
ލަންކާ އިން މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު 1948 ވަނަ އަހަރު މިނިވަންވީ ފަހުން ކުރިމަތިވި އިގްތިސާދީ ގޮތުން އެންމެ ދަތި ދުވަސްތަކެވެ.
ލަންކާ އިން މިހާރު ދަނީ އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖެއް ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. ފައިސާ ދޭ ބައިނަލްއަގުވާމީ އެޖެންސީތަކުގެ ވެސް އެންމެ ބޮޑު ޑިމާންޑަކީ ގެއްލުމާ އެކު ހިންގާ ސަރުކާރުގެ ކުންފުނިތައް ދޫކޮށްލުމެވެ.
ރަނިލްގެ އަމާޒަކީ ލަންކާ ހަމައަކަށް އެޅުވުން
ދޮޅު އަހަރުގެ ތެރޭގައި ލަންކާ ހަމައަކަށް އަޅުވަދޭނަން
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރަކާ މެދު މަސްހުނި ހިޔާލުތަކެއް