Roadha Mihaaru
އިންޑިއާގެ ލަވަކިޔުންތެރިޔާ ކަނީކާ ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނީކާ ކައިވެނިކޮށްފި

22 މެއި 2022

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރް، ވިޔަފާރިވެރިޔާ ގޯތަމް ހަތިރަމާނީއާ ކައިވެނިކޮށްފި އެވެ. ގާތް އެކުވެރިންނާއި އާއިލާގެ މެމްބަރުންގެ ހާޒިރުގައި އެމީހުން ކައިވެނިކުރީ ލަންޑަނުގެ ފައިވް ސްޓާ ހޮޓަލެއްގަ އެވެ.

ކައިވެނީގެ ހަފްލާގައި ކަނީކާ އާއި އޭނާގެ ފިރިމީހާ ފެނުނީ ޕާސްޓެލް ޝޭޑްގެ އެކި ކުލަތަކުގެ ހެދުމުގަ އެވެ.

އެމީހުންގެ ރައްޓެހިން ވަނީ ކައިވެނިކުރި ގަޑީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އުމުރުން 43 އަހަރުގެ ކަނީކާގެ މިއީ ދެވަނަ ކައިވެންޏެވެ. ކަނީކާގެ އުމުރުން 18 އަހަރުގައި ކުރި ފުރަތަަމަ ކައިވެނި ދެމިގެންދިޔައީ 1997 އިން 2012 އާ ހަމައަށެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު، އެ ކުދިން ބަލަނީ އޭނާ އެކަނިމާ އެކަންޏެވެ.

"ބޭބީ ޑޯލް" ކަހަލަ ހިޓް ލަވަތައް ކިޔާފައިވާ ކަނީކާ ވަނީ ކުރިން "ޗިލް ގަޔޭ ނައިނާ" އާއި މިފަހުން ހިޓުވި "ޕުޝްޕާ" ފިލްމުގެ "އޯ ބޯލޭގާ ޔާ އޯއޯ ބޯލޭގާ" ލަވަ ފަދަ އެތައް ލަވައެއް ފިލްމުތަކަށް ކިޔައިދީފަ އެވެ.