Roadha Mihaaru
ބޮލީވުޑްގެ އެކްޓަރު ރަންދީޕް ކައިވެނިކޮށްފި

ބޮލީވުޑްގެ އެކްޓަރު ރަންދީޕް ކައިވެނިކޮށްފި

30 ނޮވެމްބަރ 2023

ބޮލީވުޑްގެ އެކްޓަރު ރަންދީޕް ހޯޑާ އޭނާގެ ލޯބިވެރިޔާއާ އިއްޔެ ކައިވެނިކޮށްފި އެވެ.

ބޮލީވުޑްގެ އެކްޓަރު ރަންދީޕް ހޯޑާ އޭނާގެ ލޯބިވެރިޔާއާ އިއްޔެ ކައިވެނިކޮށްފި އެވެ.

ރަންދީޕް، 47، ކައިވެނިކުރީ ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ އަދި މޮޑެލްއެއް ކަމަށްވާ 37 އަހަރުގެ ލިން ލައިޝްރަމްއާ އެވެ.

އެމީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ ލިންގެ އުފަން ސްޓޭޓް ކަމަށްވާ މަނިޕޫރުގެ ހޮޓެލްއެއްގަ އެވެ. އެ ކައިވެނި ހަފުލާ ބޭއްވީ ވެސް މަނިޕޫރުގެ ސަގާފަތާ ގުޅޭ ގޮތަށެވެ. އެ ހަފުލާގައި ދެ ފަރާތުގެ އާއިލާ އާއި އެމީހުންގެ ރައްޓެހިން ވެސް ބައިވެރިވި އެވެ.

ރަންދީޕް އާއި ލިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފޭނުންނަށް ހާމަކުރީ 2021 ވަނަ އަހަރު އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ.

އެ ދެމީހުން ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ރަންދީޕް ވަނީ އިންސްޓަ ޕޯސްޓެއް މެދުވެރިކޮށް އެކަން ޔަގީން ވެސް ކޮށްދީފަ އެވެ.

އެ ޕޯސްޓުގައި ރަންދީޕް ބުނެފައިވާ ގޮތުގައި ކައިވެންޏަށް ފަހު ކައިވެނި ޕާޓީއެއް ބޮންބޭގައި ވެސް އެ ދެމަފިރިން ބާއްވާނެ އެވެ.

ރަންދީޕަކީ ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅެގެން ގިނަ ބައެއް ލޯބި ހޯދި އެކްޓަރެކެވެ. ވަރަށް ގިނަ ފިލްމުތަކުގައި މޮޅެތި ރޯލުތައް ކުޅެފައިވާ ރަންދީޕަށް ވަނީ ހޮލީވުޑްގެ ދެ ފިލްމެއްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެއީ ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން"ގެ ދެ ފިލްމުގަ އެވެ.