Roadha Mihaaru

ޖަމާލުއްދީން ސްކޫލަށް ވަދެ މާރަމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޖަމާލުއްދީން ސްކޫލަށް ވަދެ މާރަމާރީ ހިންގަން އުޅުނު މީހަކު ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.

ޖަމާލުއްދީން ސްކޫލަށް ވަދެ މާރަމާރީ ހިންގަން އުޅެފި
މޫސާ ރަޝީދު
މޫސާ ރަޝީދު

24 މެއި 2022

ޖަމާލުއްދީން ސްކޫލަށް ވަދެ މާރަމާރީ ހިންގަން އުޅުނު މީހަކު ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރެވެ. އޭނާ ސްކޫލަށް ވަނުމަށް ފަހު ޕްރިންސިޕަލަށް ހަމަލާ ދޭން އުޅުނު ކަމަށްވެ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އެ މައްސަލާގައި ޕްރިންސިޕަލްގެ ބަހެއް ހޯދަން ގުޅި ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ.

ހަމަލާ ދޭން އުޅުން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.