ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ހަނީފް އިއްޔެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
17 މެއި 2017
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ހަނީފް އިއްޔެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަނީފް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި ހަނީފް ގޭ ބަންދަށް ބަދަލު ކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ 15 ދުވަހަަށެވެ.
ހަނީފް ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށާއި އޭނާ ބަހައްޓަން ޖެހޭނީ ބަންދުކޮށްފައި ކަމަށް މިދިޔަ މަހު 20 ގައި ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ހަނީފްގެ މައްޗަށް ތުހުމަތު ކުރަނީ އެ ކޯޓުގެ ފަނޑިޔާރަކަށް ނުރައްކާތެރި ހަމަލާއެއް ދިނުމަށް ރޭވުމުގެ ތުހުމަތު ކަމަށް ވާ އިރު، އެއީ ކުށުގެ ޒާތުން ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށެވެ. އަދި ހަނީފާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާއާ މެދު ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި އެބަހުރި ކަަމަށް ވެސް ހުކުމްގައި ވެ އެވެ. ހަނީފްގެ ކުށުގެ ބާވަތަށް ބަލާއިރު އޭނާ ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހަނީފް ހައްޔަރު ކުރުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީގައި އޭނާ އަދާ ކުރަމުން ގެންދިޔަ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ރައުދު ބަންދުން ދޫކޮށްލައިފި
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
ޔާމީންގެ މަރު:ސިއްރު ހެއްކަކީ ތުހުމަތުވި މީހެއް!