26 މެއި 2022
ކުނި ނެގުމަށް ފަހު ފީގެ ގޮތުގައި 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށް ވެމްކޯއިން މިއަދު ބުނެފި އެވެ.
ކުނި ނެގުމަށް ފަހު ފީގެ ގޮތުގައި 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށް ވެމްކޯއިން މިއަދު ބުނެފި އެވެ.
އަންނަ މަހުން ފެށިގެން ކުނި ވަކި ކޮށްގެން އުކާލަން ނިންމުމާ ގުޅިގެން، އެކަމުގެ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ބިލްތަކަށް ފައިސާ ނުދައްކާ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކަމާ ގުޅޭ ހުރިހާ އިދާރާއަކުން ވެސް އެއްބަސްވަނީ، ސިރާޖު ވިދާޅުވި ގޮތުގައި، ފީ ނުދައްކާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދާށެވެ.
އޭނާ ވިދާޅުވީ ކުނި އުކާލައިގެން ވެމްކޯ އަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށެވެ. އެހެންވެ، އެ ގޮތަށް ހުރި ބިލްތައް ސަސްޕެންޑުކޮށް ރަނގަޅު ޑާޓާ އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
"މިކަން ފަށައިގެން އައި އިރު ރެޖިސްޓްރޭޝަން ޕްރޮސެސްގެ ކަންތައްތައް ދިޔައީ އެންމެ ރަނގަޅަކަށް ނޫން. އެންމެ އެކަށީގެންވާ ގޮތަކަށް އެކަން ނުކުރެވޭ، އަޅުގަނޑުމެންގެ ރިކޯޑުން އެބަ ދައްކާ އެ ކަންތައްތައް. އަޅުގަނޑުމެން މެނޭޖްމަންޓުން ވެސް އެކަން ގަބޫލުކުރަން. އެ ޑާޓާތައް ކްލިއަކުރުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެވޭ،" ސިރާޖު ވިދާޅުވި އެވެ.
އެންސީއައިޓީ އިމާރާތުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ވެމްކޯގެ ޑީއެމްޑީ ސިރާޖު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އެއާއެކު، އަޅުގަނޑު އުއްމީދުކުރަނީ އެ އަދަދު ވެސް ކުޑަވެގެން ދާނެ ކަމަށް."
ކުނި އުކާލައިގެން އެތައް މިލިއަން ރުފިޔާއެއް ނުލިބި ހުއްޓަސް، ގިނަ ބަޔަކު ފީ ދައްކަމުން އަންނަ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ސިރާޖު ވިދާޅުވީ އެ ކުންފުނީގައި ރަޖިސްޓްރީވެފައިވާ މާލޭގެ ގޭބިސީތަކުގެ 80-90 ޕަސެންޓް ގޭބިސީން މިހާރު ބަރާބަރަށް ފީ ދައްކާ ކަމަށެވެ.
އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ޔުޓިލިޓީ ބިލްތަކާއެކު ކުނީގެ ބިލް ވެސް ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވޭސްޓް މެނޭޖްމަންޓް ބިލުގައި ހިމަނާފައިވާނެ ކަމަށެވެ.
އޭރުން މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ބޭފުޅުން އުއްމީދުކުރައްވަ އެވެ.
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ
އަންނަ މަހުން ފެށިގެން ކުނި ނަގާނީ ބައިބައި ވަކިކޮށް
ގާކުނޑި ބޭނުންކޮށްގެން ހިލަވެލި ހަދާ ޕްލާންޓެއް ހަދަނީ
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުންޏަށް ބޮޑު ހައްލެއް
ކުނި އެންދުން ހުއްޓާލައި ތިލަފުށި ފެހިކޮށްލަނީ
ތިިލަފުށީގެ ދުމުގެ އަސަރު މި ދުވަސްވަރު ބޮޑުވެދާނެ
ދެން ޖެހޭނީ ކުނި ވަކިކުރަން، އެހެން ނޫނީ ޖޫރިމަނާ