ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި ކުނި އެންދުން އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ހުއްޓުމަކަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
27 އޯގަސްޓް 2021
ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި ކުނި އެންދުން އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ހުއްޓުމަކަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ތިލަފުއްޓަށް ޒިޔާރާތް ކުރައްވައި އެތަނުގެ ހާލަތު މިނިސްޓަރު އިއްޔެ ބެއްލެވި އެވެ.
އެރަށުގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެން ފަށާފައިވާ އެ މަސައްކަތާ ގުޅޭ ގޮތުން ޝައުނާ ވިދާޅުވީ ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ އެތައް އަހަރެއްވެފައިވާ މައްސަލައެއް ކަމަށާއި ތިލަފުށީގެ ދުމަކީ މާލެ އާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުންނަށާއި ޓޫރިސްޓުންނަށް އޭގެ ސަބަބުން އެތައް އުނގުލެއްވަމުން ކުރިމަތިވާ މައްސަލައެއް ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ އޮކްޓޯބަރު މަހުގެ ނިޔަލަށް، ތިލަފުށީގައި ކުނި އެންދުން ހުއްޓުވުމަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުން،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ތިލަފުއްޓަށް ވަޑައިގެން އެ ރަށް ބައްލަވާލައްވަނީ-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
މި މަސައްކަތުގެ ދަށުން، މާލެ، ހުޅުމާލެ، އަދި، ވިލިމާލެ، ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އެ ސެންޓަރުތަކުން ތިލަފުއްޓަށް ކުނި ގެންދާއިރު، ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ކުނި މެނޭޖްކުރަން ފަސޭހަވެ، ކުނީގެ ވަސް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، ތިލަފުށީގައި މިހާރު ކުރިއަށްދާ މަޝްރޫއު ނިމޭއިރު، ތިލަފުއްޓަކީ މަސައްކަތްކުރެވޭ ވަރަށް ސާފު، ރައްކާތެރި ތަނަކަށްވާނެ ކަމަށެވެ. ކުނި ވަޅުލައިގެން ހިއްކާފައިވާ ތިލަފުއްޓަށް ވޭސްޓް މެނޭޖްމަންޓް އުސޫލުން މާލެއިން އެންމެ ފުރަތަމަ ކުނި ގެންދަން ފެށީ 1992 ވަނަ އަހަރު އެވެ.
ކުނި ވަކި ނުކޮށް، އެންދުމުގެ ސަބަބުން، މާލެ ސަރަހައްދުގައި ދުންބޯވެ، ތިމާވެއްޓަށް ގެއްލުންވެ އޭގެ އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ. މިނިސްޓްރީން ބުނީ އެކަމަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ މިހާރު ވެސް ފެންނަމުން އަންނަ ކަމަށެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯ އާއި މިނިސްޓްރީ ގުޅިގެން ހިންގާ މަޝްރޫއު އެކެވެ.
ގާކުނޑި ބޭނުންކޮށްގެން ހިލަވެލި ހަދާ ޕްލާންޓެއް ހަދަނީ
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ތިލަފުށީގެ ފަޅުތެރެ ކުނިން ފުރިއްޖެ
15 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަނީ
އަންނަ މަހުން ފެށިގެން ކުނި ނަގާނީ ބައިބައި ވަކިކޮށް
ވެމްކޯއަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި
ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުންޏަށް ބޮޑު ހައްލެއް