Roadha Mihaaru
މަހާނަތައް ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އަންގައިފި

މަހާނަތައް ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގައިފި

26 މެއި 2022

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

މަހާނަތައް ރީތިކުރުމުގެ ވާދަވެރިކަން ފެށި، ބޮޑު ވިޔަފާރިއަކަށް ބަދަލުވެފައިވާ ކަން "މިހާރު" އިން އިއްޔެ ރިޕޯޓް ކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ކަންތައް ހުއްޓުވުމަށް ގޮވާލައިފަ އެވެ.

Mahaana reethi kurumuge vaadhaverikan feshi, bodu viyafaari akah badhaluvejje!

Mahaana reethi kurumuge vaadhaverikan feshi, bodu viyafaari akah badhaluvejje!

The most trusted news source in the Maldives

Mihaaru

މަހާނަތައް ރީތިކުރުމުގެ ވާހަކަ ރިޕޯޓްކޮށް "މިހާރު" އިން ލިޔުނު އާޓިކަލް

އެ ކަމާ ގުޅިގެން، އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް މިއަދު ފޮނުވި ސިޓީއެެއްގައި ބުނީ، މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް، މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

އަދި ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ހުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި މަހާނަތަކަށް އިހުމާލުވެ، ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް އެ ސިޓީގައި ވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ޒީނަތްތެރިކަމުގެ ގޮތުން މަހާނަމަތީގައި ރާނައި ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫނެވެ.

“މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި ދަންނަވަމެވެ،" ސިޓީގައި ބުންޏެވެ.

"މިހާރު"ގެ ނޫސްވެރިން އާސަހަރާއަށް ގޮސް ބެލިބެލުމުން ފެނުނީ ގިނަ މަހާނަތަކެއްގައި ގާފޮޅު ރާނައިފައި ހުރި ތަނެވެ. އެކަކަށް ވުރެ ރީއްޗަށް އަނެކަކު އެ ކަން ކުރަން މަސައްކަތްކޮށްފައިވާ ކަން ފާހަގަ ކުރެވުނެވެ.

އާސަހަރާގައި ގާފޮޅު ރާނާފައިވާ މަހާނައެއް -- ފޮޓޯ/ ފަޔާޒު މޫސާ

އާސަހަރާގައި ގާފޮޅު ރާނާފައިވާ މަހާނައެއް -- ފޮޓޯ/ ފަޔާޒު މޫސާ

އެ ތަނުން ވާހަކަދެއްކި ޖަމާއަތްތެރިން ބުނި ގޮތުގައި އެ މީހުންގެ ތެރެއިން އެކަކު އެ ކަމުގައި ޝާމިލުވެ އުޅެ އެވެ. އަދި އެކަން ކުރަން ސަހަރާއަށް ވެލި ގެންދަނީ ވެސް ފާޅުގައި ކަމަށް ޖަމާއަތްތެރިން ކިޔައިދިނެވެ.

ޖަމާއަތްތެރިން ކިޔައިދިން ގޮތުގައި މި ކަން ކޮށްދޭ މީހުުން އެކި ޕެޖޭކުތައް ގެންގުޅެ އެވެ. އާދައިގެ ގޮތަކަށް، ރާނައިދޭ ނަމަ އެކަން ކޮށްދެނީ 1،500ރ. އަށެވެ. މޮޅު ފެންވަރަށް މުށި ޖަހައިގެން ނަމަ 3،500ރ. އަށެވެ. މަހާނަ އަށް ވެލި އަޅައިދެނީ 300ރ. އަށެވެ. އަދިވެސް ބައެއް ޕެކޭޖުތައް ހުރެ އެވެ.

ހާނަ ގާ ބެހެއްޓުމާއި ވެލި އެޅުމަކީ މީގެ ކުރިން ވެސް ދިވެހިން ކޮށް އުޅުނު ކަމެކެވެ. އާސަހަރާގައި ވެސް އެ ކަން ކުރިން ވެސް ކުރެ އެވެ. އެކަމަކު މިހާރު ވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލު ވެފަ އެވެ.