Roadha Mihaaru
އެމްޓީޑީސީން ހިއްސާއަަކަށް 60 ލާރި ބަހަން ނިންމައިފި

އެމްޓީޑީސީން ހިއްސާއަަކަށް 60 ލާރި ބަހަން ނިންމައިފި

27 މެއި 2022

މިދިޔަ އަހަރު އެމްޓީޑީސީ އަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އެމްޓީޑީސީ އަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި އެވެ.

އެމްޓީޑީސީން ބުނީ މިގޮތަށް ނިންމީ މިދިޔަ ހަފްތާގައި ބޭއްވި ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ކަމަށެވެ. މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައި ވަނީ 50 ލާރި އެވެ. އެއީ އެ ކުންފުނިން 11 އަހަރަށް ފަހު ހިއްސާގެ ފައިދާ ބަހަން ފެށި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު އެެ ކުންފުންޏަށް 211 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ. އެހާ ބޮޑަށް ފައިދާ އިތުރުވީ އެ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ.

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.