ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި "ލެތުން" މިއަދު އިފްތިތާހު ކޮށްފި އެވެ.
29 މެއި 2022
ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި "ލެތުން" މިއަދު އިފްތިތާހު ކޮށްފި އެވެ.
ހ. މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޑޭޓާބޭސް އިފްތިތާހުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
މި ރަސްމިއްޔާތުގައި ޕީޖީ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރުކޮށްފައިވާ ހަ އޯޑިއޯ/ވީޑިއޯ ފޮތެއް ވެސް ވަނީ ނެރެފަ އެވެ. މި ފޮތްތަކަކީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅިގެން އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ނެރުނު ހަ ފޮތެެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕީޖީ ޝަމީމް (ވ) އާއި ކުރީގެ ޕީޖީ މުއިއްޒު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ ރަސްމިއްޔާތުގައި ހުސްނުއްސުއޫދު ވިދާޅުވީ މިއަދު ތައާރަފުކުރި މައުލޫމާތުތަކާއި ތަފާސްހިސާބުތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ކުއްލިއަކަށް ވެސް މައުލޫމާތެއް ހޯދާލަން ޖެހިދާނެކަން ފާހަގަކުރައްވަމުން ވިދާޅުވީ މިހާރު ބައެއް ފަހަރަށް ހޯދަން އުޅޭ އެއްޗެއް ނުފެންނަ ފަހަރު ވެސް އަންނަ ކަމަށެވެ. ނަމަވެސް، މިއަދު މި އިފްތިތާހު ކުރި ޕްރޮޖެކްޓަކީ އެ ކަމަށް ހައްލެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފަނޑިޔާރު ސުއޫދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެންގެ އަދުލުގެ ނިޒާމު ޓްރާންސްޕޭރެންޓުވެ މައްސަލަތައް ދެނެގަންނަން ބޭނުންވާނެ ވަސީލަތަކަށް މި ޕްރޮޖެކްޓް ވާނެ،" ސުއޫދު ވިދާޅުވި އެވެ.
އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކާއި ކޯޓުތަކުގެ މައްސަލަތައް ހައްލުކުރަން ވެސް ތަފާސް ހިސާބަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ހުސްނުއްސުއޫދު ފާހަގަ ކުރެއްވި އެވެ.
ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެ ގޮތަށް މި އޮފީހުން އެކުލަވާލި “ލެތުން” ޑޭޓާބޭސް މިއަދު އިފްތިތާޙްކޮށްފި. https://t.co/KUblZO2U6p pic.twitter.com/3ObkSxJviZ
— PGOMV (@PGO_MV) May 29, 2022
އެ ޑޭޓާބޭސް އިން ޖިނާއީ އަދުލުގެ ނިޒާމުގެ ކޮންމެ ގާނޫނެއް، ގަވާއިދެއް އަދި އުސޫލެއް ވެސް ސާޗު ކޮށްލައިގެން ބަލާލެވޭނެ އެވެ. އަދި ވަކި ބަހެއް ސާޗުކޮށްލަން ބޭނުންވި ނަމަވެސް މި ޑޭޓާ ބޭސް އިން ބަލާލެވޭނެ އެވެ.
ޝަރީއަތްތައް އަވަސްކުރަން ސުއޫދުގެ ހުށަހެޅުންތަކެއް
ވާނުވާއެއް ނެތް، މައްސަލައަކީ ކޯޓުގައި ލަސްވުން: ޕީޖީ
ޕްރެޝަރެއް ނެތް، ފުރިހަމަ މިނިވަންކަން އެބައޮތް: ޕީޖީ
ހުކުމް ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ފުރައްސާރަ އޮއްބާލި ފަނޑިޔާރަށް މިފަހަރުވެސް ހިމާޔަތް؟
ބައެއް އަޑުއެހުންތައް ހަމައެކަނި ވީޑިއޯ ކޮންފަރެންސުން
އަދީބަށް ނުފިލޭނެ ކަން ކަށަވަރުކުރިން: ޕީޖީ
ޕީޖީ ހުށަހަޅުއްވަނީ އެކީއެކައްޗަކަށް މައްސަލަ ނިންމަން
އިތުބާރު ހޯދައި އިންސާފު ކަށަވަރުކޮށްދޭނަން: ޝަމީމް