ބޭރުގެ ޓްރާންސެކްޝަންތަކަށް މިހާރު ވެސް މަހަކު 20 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށާއި ޓީޓީ އާއި ކްރެޑިޓް ކާޑުގެ ލިމިޓް ވަރަށް އަވަހަށް ބޮޑު ކުރާނެ ކަމަށް ބޭންކްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ވިދާޅުވެއްޖެ އެވެ.
30 މެއި 2022
ބޭރުގެ ޓްރާންސެކްޝަންތަކަށް މިހާރު ވެސް މަހަކު 20 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށާއި ޓީޓީ އާއި ކްރެޑިޓް ކާޑުގެ ލިމިޓް ވަރަށް އަވަހަށް ބޮޑު ކުރާނެ ކަމަށް ބޭންކްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޓިމް ވިދާޅުވީ ޑޮލަރުގެ މައްސަލަ އަށް ބޭނުންވާ ފުލް ސޮލިޝަން ހަމައެކަނި ބޭންކަށް ފޯރުކޮށްނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޑޮލަރުގެ ހާލަތު ކިތަންމެ ނާޒުކު ނަމަވެސް ޑޮލަރުގެ މައްސަލަ އަށް ހައްލު ހޯދުމަށް އެ ބޭންކުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ބޭންކުން އެންމެ ފަހުން ކްރެޑިޓް ކާޑު ލިމިޓް ބޮޑު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭރު ވަނީ ކްރެޑިޓް ކާޑު ލިމިޓް 750 ޑޮލަރަށް އިތުރުކޮށްފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބީއެމްއެލް އިން ވަނީ ބޭރުގެ މުއާމަލަތްތަކަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭނެ ލިމިޓެއް ކަނޑައަޅައިފަ އެވެ. ފުރަތަމަ ލިމިޓެއްގެ ގޮތުގައި 250 ޑޮލަރު ކަނޑައެޅި އިރު މިދިޔަ އަހަރުގެ ޖުލައި މަހު އެ އަދަދު 500 ޑޮލަރަށް އިތުރުކުރި އެވެ.
"އެމެރިކާގެ ފެޑެރަލް ރިޒާވުން ވަނީ ކޮވިޑްގައި ޗާޕު ކުރި ޑޮލަރު އަނބުރާ ރިޒާވަށް ވަންދަން ފަށާފައި. މިހާރު ވެސް ޓްރިލިއަނަށް ވުރެ ގިނަ ޑޮލަރު އިންޓަނޭޝަނަލް މާކެޓުން އަނބުރާ ނަގާފައިވޭ،" އޭނާ ވިދާޅުވި އެވެ.
ޓިމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަަމް ރަނގަޅުވި ނަމަވެސް މިކަމުގެ އަސަރު ރާއްޖޭގެ ޑޮލަރު މާކެޓުން ވެސް ފެންނަން ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދިގު ރާސްތާގައި ބޭންކުން ކޮންްމެ މަހަކު 20 މިލިއަން ޑޮލަރު ހޭދަކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ބީއެމްއެލްގެ ބޯޑަށް ތިން ބޭފުޅުން އައްޔަންކޮށްފި
ބީއެމްއެލްގެ ބޯޑު މެމްބަރު ސަޖްނީ އިސްތިއުފާ ދެއްވައިފި
ބީއެމްއެލްގެ އިތުރު އީޖީއެމެއް އަންނަ މަހު 21 ގައި
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި
ބީއެމްއެލްގެ އީޖީއެމް މިމަހުގެ 25 ގައި ބާއްވަނީ
ބީއެމްއެލްގެ މިދިޔަ އަހަރުގެ ފައިދާ 1.9 ބިލިއަނަށް
ބީއެމްއެލްގެ ޗެއާމަނާ އެކު ފަސް ޑިރެކްޓަރަކު ވަކިކޮށްފި
ބީއެމްއެލްގެ ޗެއާޕާސަންގެ މުސާރަ ބޮޑުކޮށްފި
ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ: ޓިމް