ރާއްޖޭގައި އަށް ބާވަތެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާވާނެކަން އެންވަޔަރަމަންޓް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
01 ޖޫން 2022
ރާއްޖޭގައި އަށް ބާވަތެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާވާނެކަން އެންވަޔަރަމަންޓް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ތަސްދީގުކުރެއްވިއިރު އެ ގާނޫނުގެ ދަށުން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ މަރުހަލާގެ ދަށުން މަނާކޮށްފައި ވަނީ އަށް ބާވަތެކެވެ.
- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތައްޓާއި ސަމުސާ އާއި ވަޅި އާއި އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި އުފައްދާ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަދި ތައްޔާރީ ބުއިންތަކުގެ ބާވަތްތައް ވެސް މިއަދުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާވާނެ އެވެ. އެކަަމަކު އެތަކެތި ބާޒާރަށް ނެރުން މަނާވާނީ ސެޕްްޓެމްބަރު އެކަކުން ފެށިގެންނެވެ.
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް
ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކުރުމުގެ ގޮތުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަންނަ އަހަރުގެ ޑިސެމްބަރުން ފެށިގެން މަނާކޮށް 2024 މާޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާވާނެ އެވެ.
ތިންވަންނަ މަރުހަލާގައި އިމްޕޯޓްކުރުން މަނާ ކުރެވޭ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް.
— Min. of Environment, Climate Change and Technology (@MoEnvmv) May 29, 2022
- 500 މިލިލީޓަރަށް އަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެންފިޔަވައި).
ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރު ?https://t.co/xSSS3dzq82#PlastikaaNulaa pic.twitter.com/DuRnVByT5D
- އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ ތެރެއިން ކަނޑައެޅޭ ވަކި ބާވަތްތަކެއް އުފެއްދުމާއި އިމްޕޯޓު ކުރުމާއި ވިއްކުން މަނާކުރުމާ ބެހޭ ސިޔާސަތު. - އިމްޕޯޓް ޑިއުޓީއާއި ޓެކްސް ނެގުމާއި ވަކި ކަމެއް ކުރުވުމަށް ބާރުއަޅާފަދަ އެހީތެރިކަން ދިނުމުގެ ސިޔާސަތު.
- ކުންޏާ ބެހޭ ތަފާސްހިސާބު ގައުމީ ފެންވަރެއްގައި އެއްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ޕްލާސްޓިކުން ބަންދުކޮށްފައި ހުންނަ އެއްޗެތި މަދުކުރުމުގެ ލަނޑުދަނޑިތައް ކަނޑައެޅުން.
- ދެމިގެންދާ، އުފެއްދުންތެރިންގެ ޒިންމާތައް (މުދާ ބަންދުކުރުމާ ގުޅޭގޮތުން އުފައްދާ ފަރާތުގެ ދެމިގެންދާ ޒިންމާ އާއި ގުޅޭ ގާނޫނު ފާސްކުރެވިގެންދާނެ). - އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ތައާރަފްކުރުން. - އުނގަންނައިދިނުމާއި ހޭލުންތެރި ކުރުވުން.
އެ މިނިސްޓްރީން އެކުލަވާލާފައިވާ ސިޔާސަތުގައިވާ ގޮތުން ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ އިތުރުކުރުމާ އެކު ތިމާވެއްޓާ ރައްޓެހި ތަކެތީގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ މާފުކުރާނެ އެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރިޔަސް ކުދި ވިޔަފާރިތަކުގައި އުފައްދާ ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތައް އެ ސިޔާސަތުގެ ދަށުން އިސްތިސްނާވާނެ އެވެ. އެއީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމަށާއި ރާއްޖޭގެ އިގްތިސޯދު ހިމާޔަތްކުރުމުގެ ގޮތުން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ ސިޔާސަތަކެވެ.
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ޕްލާސްޓިކް މަދުކުރާ އިރު ދޫކޮށްލަން ޖެހޭނެ އެއްޗެހި
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ގެއްލުން ބޮޑަސް ޑިއުޓީ ހިލޭ: މި ކޮތަޅުގެ ހަގީގަތް
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ކޮތަޅު: މަގުސަދު ހާސިލްނުވެ، އާންމު މީހާ އަށް ބުރަ
ކޮތަޅުގެ ފީދައްކަން ޖެހެނީ ޖީއެސްޓީ ދައްކާ ފަރާތްތަކުން
ކޮތަޅު ބޮނޑިއެއްގެ އަގު 85ރ. އިން 285ރ. އަށް
މިރޭ 12 އިން ފެށިގެން ޕްލާސްޓިކް ކޮތަޅަށް ފީ ނަގާނެ
އަންނަ އަހަރު ޕްލާސްޓިކްގެ 13 ބާވަތެއް މަނާވާނެ