Roadha Mihaaru
ކޮތަޅު ބޮނޑިއެއްގެ އަގު 85ރ. އިން 285ރ. އަށް

ޕްލާސްޓިކް ކޮތަޅުގެ އަގު ހަތަރު ގުނަ ބޮޑުވެއްޖެ

18 އެޕްރީލް 2023

ވިޔަފާރި ކުރާއިރު ޕްލާސްޓިކް ކޮތަޅު ދިނުމާއި ވިއްކުމުގައި ކޮންމެ ކޮތަޅަކް'ަށް ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާ އެކު ކޮތަޅުގެ އަގު ހަތަރު ގުނައަށް އުފުލިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިޔަފާރި ކުރާއިރު ޕްލާސްޓިކް ކޮތަޅު ދިނުމާއި ވިއްކުމުގައި ކޮންމެ ކޮތަޅަކް'ަށް ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާ އެކު ކޮތަޅުގެ އަގު ހަތަރު ގުނައަށް އުފުލިއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ރީޓެއިލް ވިޔަފާރިވެރިއަކު ބުނީ، ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު މިއަދުން ފެށިގެން ހަތަރު ގުނަ ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، ދެން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ނުދެވޭނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަށް 100 ކޮތަޅުގެ ބޮނޑިއެއް މި ހުރިހާ ދުވަހަކު ލިބުނީ 85ރ. އަށް. އެކަމަކު މިހާރު އެއަށް އެބަ ދައްކަން ޖެހޭ 285ރ. އެހެންވީމާ، ކަސްޓަމަރުންގެ އަތުން 2ރ. ގެ ފީއެއް ނަގައިގެން ލިބޭނީ ބޮޑު ގެއްލުމެއް. އެހެންވީމާ، ކޮތަޅުގެ އަގަށް 3ރ. އާއި ކޮތަޅުގެ ފީގެ ގޮތުގައި ނަގަން ލާޒިމުކޮށްފައިވާ 2ރ. އާ އެކު ކަސްޓަމަރުގެ އަތުން ޖުމްލަ 5ރ. ނަގަން ޖެހޭނެ،" އޭނާ ބުންޏެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމުގެ ބޭނުމުގަ އެވެ.

މީގެ ކުރިން ރީޓެއިލް ވިޔަފާރިތަކަށް އެންމެ ކުޑަ ސައިޒްގެ ކޮތަޅެއް ލިބެނީ 5ލ. އާއި 10ލ. އާ ދެމެދުގަ އެވެ. އެކަމަކު 2ރ. ގެ ފީއާ އެކު ކޮތަޅެއްގެ އަގު ވަނީ 2.50ރ. އާއި 2.85ރ. އަށް ބޮޑުވެފަ އެވެ. ކުރިން ކުދި ކޮތަޅުގެ 100 ކޮތަޅު 20ރ. އަށް ލިބެ އެވެ. އަދި ބޮޑު ރަތް ކޮތަޅު ބޮނޑިއެއް 60ރ. އާއި 85ރ. އާ ދެމެދުގެ އަގަކަށް ލިބެ އެވެ.

ކުރިން ކޮތަޅު ވިއްކި އަގު

- އެންމެ ކުދި ކޮތަޅު: 100 ޕީސް 16ރ.

- މީޑިއަމް ކޮތަޅު: 100 ޕީސް 20ރ.

- ބޮޑު ކޮތަޅު: 100 ޕީސް 25ރ.

- އެންމެ ބޮޑު ކޮތަޅު: 100 ޕީސް 60ރ.

ކޮތަޅުގެ އަގަށް އައި ބަދަލު

- އެންމެ ކުދި ކޮތަޅު: 100 ޕީސް 220ރ.

- މީޑިއަމް ކޮތަޅު: 100 ޕީސް 228ރ.

- ބޮޑު ކޮތަޅު: 100 ޕީސް 230ރ.

- އެންމެ ބޮޑު ކޮތަޅު: 100 ޕީސް 270ރ.