Roadha Mihaaru
ސީއެމްޑީއޭ އިން ޑިރެކްޓަރުން ތަމްރީންކޮށްދެނީ

ސީއެމްޑީއޭ އިން ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީންކޮށްދެނީ

02 ޖޫން 2022

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓާ ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައި އޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓާ ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައި އޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސީއެމްޑީއޭއިން ބުނީ ކައުންސިލްތަކުން އުފައްދާ ކުންފުނިތަކަށް އަމާޒުކޮށް ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރު އޮންނާނީ މި މަހުގެ 6 އިން 8 ގެ ނިޔަލަށް ކަމަށެވެ.

ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ގާނޫނާއި ގަވާއިދުތަކާއި ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" އަދި ކޯޑް އޮފް ކޮންޑަކްޓާއި ސީއެމްޑީއޭގެ ކޯޕަރޭޓް ގަވާނަންސް ކޯޑާއި ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމާގުޅޭ މޮޑިއުލްތައް މި ޕްރޮގްމާގައި ހިމެނެ އެވެ. އަދި ޒަމާނީ ވިޔަފަރިކުރުމާ ގުޅޭ އެކި މޮޑިއުލްތައް ވެސް ހިމަނާފައިވެ އެވެ.

ސީއެމްޑީއޭ އިން ބުނީ މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމުގެ ގަވާއިދު" އެކުލަވާލުމާ ގުޅިގެން ތައާރަފްކުރި ޕްރޮގުރާމެއް ކަމަށެވެ. ކުންފުނި ހިންގުމާއި ވިޔަފާރިކުރުމުގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް ލޯކަލް އޮތޯރިޓީގެ ކުންފުނިތަކުގެ ޑިރެކްޓަރުން އަހުލުވެރިކުރުވުމަކީ މި ޕްރޮގްރާމްގެ މަގްސަދެވެ. ޑިރެކްޓަރުންނާއި މި މަގާމަށް ޝައުގުވެރިވާ މީހުންނަށް މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ ޕްލެޓްފޯމެއް މި ޕްރޮގްރާމުން ހޯދައިދެވޭނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުންޏެވެ.

ސީއެމްޑީއޭ އިން ބުނީ މިޕްރޮގްރާމުގައި ފިނޭންސް މިނިސްޓްރީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި ސީއެމްޑީއޭގެ ޓްރެއިނިން އިންސްޓިޓިއުޓްގެ ތަޖުރިބާކާރުން ރިސޯސް ބޭފުޅުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.