Roadha Mihaaru
ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ދީފި

ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ އަލުން ދީފި

30 ސެޕްޓެމްބަރ 2020

ކައުންސިލް އިދާރާތަކުގައި ހުސްކޮށް ހުރި މަގާމުތަކަށް މުވައްޒަފުން ނެގުން މަޑުޖައްސާލަން އަންގާފައި އޮތުމަށް ފަހު އަލުން އެ ހުއްދަ ސިވިލް ސާވިސް ކޮމިޝަނުން ދީފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކައުންސިލް އިދާރާތަކުގައި ހުސްކޮށް ހުރި މަގާމުތަކަށް މުވައްޒަފުން ނެގުން މަޑުޖައްސާލަން އަންގާފައި އޮތުމަށް ފަހު އަލުން އެ ހުއްދަ ސިވިލް ސާވިސް ކޮމިޝަނުން ދީފި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެ ކޮމިޝަނުން ވަނީ ކައުންސިލްތަކުގެ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމާއި އާ މަގާމުތައް އުފެއްދުން މެދުކަނޑާލުމަށް އަންގައިފަ އެވެ.

އެ ކޮމިޝަނުން މިއަދު ކައުންސިލް އިދާރާތަކަށް ފޮނުވި ސިޓީގައި ބުނީ މުވައްޒަފުން ނެގުމާއި އާ މަގާމު އުފެއްދުން މެދުކަނޑާލަން އެންގި އެންގުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން ހޯދަން ޖެހޭ ހުއްދަ އާއި ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު ކައުންސިލް އިދާރާތަކުގެ ހުސް މަގާމުތަކަށް މީހުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގައިފަ އެވެ.