ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަގެ ކިބައިން މަރަށް މަރު ހިފަން އަދި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ކުއްޖާގެ ވާރިސް ކުރިން ބުނުމަށް ފަހު އެ ނިންމުން ބަދަލުކޮށްފި އެވެ.
08 ޖޫން 2022
ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަގެ ކިބައިން މަރަށް މަރު ހިފަން އަދި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ކުއްޖާގެ ވާރިސް ކުރިން ބުނުމަށް ފަހު އެ ނިންމުން ބަދަލުކޮށްފި އެވެ.
ށ. ފުނަދޫ ދިނަށަ، އައިމިނަތު ޝާހިދާ 2016 ވަނަ އަހަރުގެ ކުރީކޮޅު އޭނާ އަންހެން ދަރިފުޅު ނިދާފައި އޮއްވައި ވަޅިން ހަމަލާދީ މަރާލިކަމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އެހެންވެ އަދަބު ކަނޑައެޅުމުގެ ކުރިން ކުއްޖާގެ ހަމައެކަނި ވާރިސް ކުރިން ހާޒިރުކުރުމުން ބުނެފައިވަނީ މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށާއި މަރަށް މަރު ހިފަން ވެސް ބޭނުން ނުވާ ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި އޮންނާނީ މަރުގެ މައްސަލަތަކުގައި ކުށް ސާބިތުވާ ނަމަ، މަރުވި މީހާގެ ވާރިސުން އެދޭ ގޮތަކަށް އަދަބު ކަނޑައެޅުމެވެ. މަރަށް މަރު ހިފުމާއި މަރުގެ ދިޔަ ހޯދުމަކީ ވާރިސުންނަށް އެދެވޭނެ ކަންކަމެވެ. އަދި ބޭނުން ނަމަ އެއިން އެއްވެސް ކަމަކަށް ނޭދި މާފު ވެސް ދެވޭނެ އެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދާ މި ޝަރީއަތާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުން ބުނީ ކުއްޖާގެ ވާރިސްގެ ފަރާތުން ސިޓީއެއް ލިބިފައި ވާތީ މިއަދު އަލުން ވާރިސް ހާޒިރުކޮށް އޭނާގެ ބަސް ހޯދާފައިވާ ކަމަށާއި މަރުގެ ދިޔަ ބޭނުންވާ ކަމަށް މިއަދު ބުނި ކަމަށެވެ.
ވާރިސް ކުރިން އެދުނު ގޮތް ބަދަލުކުރި ސަބަބެއް އަދި އެކަމާ ބެހޭ ގޮތުން ޝަރީއަތުގައި ދެއްކި ވާހަކަތަކުގެ ތަފްސީލެއް ކޯޓަކުން ނުދެ އެވެ.
ކޯޓުން ބުނީ ދެން އޮންނާނީ އަދަބު ކަނޑައެޅުން ކަމަށާއި ލަސް ނުކޮށް އެކަމަށް ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށެވެ.
ކުއްޖާގެ މަރުގެ ދިޔަ ބޭނުންވާ ކަމަށް ވާރިސް ބުނުމުން ދެން އަންނާނީ މަރުގެ ދިޔަ ދެއްކުމަށް އެންގުމާ އެކު ޖަލު ހުކުމެކެވެ.
ދަރިފުޅު މަރާލި މަންމަ 17 އަހަރަށް ޖަލަށް
އުދައްޔުގެ މަރު:ސަލާމަތްވި މީހާގެ މައްސަލަ ހައި ކޯޓަށް
އަސީލް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
އުދައްޔުގެ މަރު: ދެ މީހުން މެރުމަށް ހުކުމްކޮށްފި
ސާހިލްގެ ޝަރީއަތް: ހެކިބަސް ނެގުން ދެ މަހުން ނިންމަނީ
އުދައްޔުގެ މަރު: ދެ މީހަކަށް ކުށް ސާބިތުވެއްޖެ
ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް