Roadha Mihaaru
ދަރިފުޅު މަރާލި މަންމަ 17 އަހަރަށް ޖަލަށް

ދަރިފުޅު މަރާލި މަންމަ 17 އަހަރަށް ޖަލަށް، މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ

18 ޖޫން 2022

ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މަންމަ 17 އަހަރަށް ޖަލަށްލައި، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މަންމަ 17 އަހަރަށް ޖަލަށްލައި، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފެބްރުއަރީ، 2016 ގައި ށ. ފުނަދޫ ދިނަށަ، އައިމިނަތު ޝާހިދާ އޭނާގެ އަންހެން ދަރިފުޅަށް ހަމަލާދީ މަރާލީ އެ ކުއްޖާ ނިދާފައި އޮއްވަ އެވެ. ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މަހު ކްރިމިނަލް ކޯޓުން އޮތީ ނިންމައިފަ އެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަށް ފަހު ޝާހިދާ 17 އަހަރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކުރީ މިިދިޔަ ބުދަ ދުވަހު އެވެ. އެ ހުކުމްކުރީ ވެސް ސިއްރު މަޖިލީހެއްގަ އެވެ.

އެ ކުއްޖާގެ ވާރިސުން ފުރަތަމަ ކޯޓުގައި ބުނީ މަރުގެ ދިޔަ އަދި މަރަށް މަރު ވެސް ބޭނުންނުވާ ކަމަށެވެ. ފަހުން ބުނީ މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސެއް ނުހިފެ އެވެ.

ޝާހިދާ އެ ކުއްޖާ މަރާލި ސަބަބެއް އޭރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާ އޭރު ދިޔައީ ނަފްސާނީ ކަމަކަށް ފަރުވާ ހޯދަމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.