08 ޖޫން 2022
ބްރިޖުގެ މަޝްރޫއު އަންނަ އަހަރުގެ ޖޫންމަހު ނިންމަން ސަރުކާރުން އިތުރު 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ) ހޭދަކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖުގެ މަޝްރޫއު އަންނަ އަހަރުގެ ޖޫންމަހު ނިންމަން ސަރުކާރުން އިތުރު 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ) ހޭދަކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބްރިޖް އަވަހަށް ނިންމަން ކޮންޓްރެކްޓަރު އެފްކޮންސްއާ އެކު މަޝްވަރާ ކުރީ، މަސައްކަތް އަވަސްކޮށްފި ނަމަ ލިބޭނެ ފައިދާ ބޮޑުވާނެތީ ކަމަށެވެެ.
މިގޮތަށް މަޝްވަރާކުރުމުން އެ ކުންފުނިންވަނީ ޕްރޮޖެކްޓް އަވަސްކުރަން އިތުރު 26 މިލިއަން ޑޮލަރަށް ޑިމާންޑްކޮށްފަ އެވެ.
"އަވަސްކުރަން ވާހަކަ މަޝްވަރާކުރަން. އެކަމަކު 26 މިލިއަން ޑޮލަރު ދީގެން އެކަން ކުރާކަށް ނުވިސްނަން. އެކަމަކު އަދިވެސް އަވަސްކުރަން ނެގޯޝިއޭޓް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިތުރު ފައިސާ ހޭދުރުމުގެ ވިސްނުން މިވަގުތު ނެތް ނަމަވެސް އަންނަ އަހަރު ނިމޭއިރު ބްރިޖުގެ މަސައްކަތް ގުޅީފަޅާ ހިސާބަށްދާގޮތަށް މަސައްކަތްކުރުމަށް ވިސްނުން ގެންގުޅޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ބްރިޖު މަޝްރޫއުއަކީ މި ސަރަަހައްދުގެ ތަރައްގީއަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ. އިގްތިސާދީ ދަތިކަމެއް ކުރިމަތިވެފައި ވިޔަސް އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ހިންގާ އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މި ޕްރޮޖެކްޓްގައި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ބްރިޖުން ގުޅާލާނެ އެވެ. މި މަޝްރޫއު ނިމޭނެ ކަމަށް ކުރިން ބުނެފައި ވަނީ 2024 އަށެވެ.
ތިލަފުއްޓާއި މާލެ ގުޅާލާ ބްރިޖް މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަކުރަން ވަނީ ނިންމާފަ އެވެ. ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު މި ޕްރޮޖެކްޓަށް ދީފައިވެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ބްރިޖު އެޅުމުގެ އިތުރަށް ބްރިޖް ތިލަފުށި ސަރަހައްދުގައި ކޮމާޝަލް ހާބަރެއް ތަރައްގީކުރާނެ އެވެ.
މާލެއިން އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެ
ރައީސްގެ އިންޑިއާ ދަތުރުގައި ބްރިޖް މަޝްރޫއު ފައްޓަވަނީ
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
އިންޑިއާގެ މަޝްރޫއުތައް ކުރިއަށްދޭ: ޖައިޝަންކަރު
ތިލަމާލެ ބްރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
އެފްކޮންސް ވިއްކާލިޔަސް މަޝްރޫއަށް ބަދަލެއް ނާންނާނެ
ތިލަމާލެ ބްރިޖްްގެ މަސައްކަތް ފެނުނީ އަދި ކިރިޔާ!
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"
ހަނިމާދޫ އެއާޕޯޓްގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފަށައިފި