Roadha Mihaaru
އިންޑިއާގެ މަޝްރޫއުތައް ކުރިއަށްދޭ: ޖައިޝަންކަރު

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ބަރާބަރަށް ކުރިއަށްދޭ: ޖައިޝަންކަރު

22 މެއި 2024

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ބަރާބަަރަށް ކުރިއަށްދާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ބަރާބަަރަށް ކުރިއަށްދާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ނިއުދިއްލީގައި ބޭއްވި ވިޔަފާރިއާ ގުޅޭ "ސީއައިއައި ބިޒްނަސް ސަމިޓު" ގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، މިފަހުން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އެ މައްސަލަ ހައްލުވާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.

ޖައިޝަންކަރު މިހެން ވިދާޅުވި އިރު މި މަހުގެ ކުރީކޮޅު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާއަށް ރަސްމީ ދަތުރެއް ވެސް ކުރައްވައިފަ އެވެ. އެ ދަތުރުގައި ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ސަރުކާރާ ދެމެދުގައި މިހާރު ހިޔާލު ތަފާތުވުންތަކެއް ނެތް ކަމަށާއި އެކަމުން އަރައިގަނެވިއްޖެ ކަމަށެވެ.

މިދިޔަ ފަސް އަހަރު އިންޑިއާ އިން ރާއްޖެ އަށް ވަނީ ހަ ޕްރޮޖެކްޓެއް ހިންގުމަށް 22 ބިލިއަން ރުފިޔާ ދީފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެ މަޝްރޫއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ. އެ މަޝްރޫއު އަދިވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.