ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ކުރާ ދައުވާގައި ދައުލަތުގެ ބައެއް ހެކިތަކެއް ސިއްރުކޮށް އަދި ދައުވާލިބޭ ބައެއް މީހުން ހުށަހެޅި ދިފާއީ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
09 ޖޫން 2022
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ކުރާ ދައުވާގައި ދައުލަތުގެ ބައެއް ހެކިތަކެއް ސިއްރުކޮށް އަދި ދައުވާލިބޭ ބައެއް މީހުން ހުށަހެޅި ދިފާއީ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ.
އެ މައްސަލާގައި މިއަދު ކުރިއަށް ގެންދިޔައީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ. ދައުލަތުން ހުށަހެޅި ގިނަ އަދަދެއްގެ ހެކިތައް ސިއްރުކުރަން ދައުލަތުން އެދިފައިވެ އެވެ. އެއީ ހެކިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެ އެވެ. އެ ހެކިތައް ސިއްރުކުރަން ކޯޓުން މިއަދު ނިންމި އެވެ.
އަޑުބަދަލުކޮށްގެން ސިއްރު ހެކިންގެ ހެކިބަސް ނެގޭނެ ގާނޫނީ ހަމައެއް މިވަގުތު ނެތް ކަމަށް ދައުވާލިބޭ މީހުންގެ ފަރާތުން ފާހަގަކޮށް، ހުށަހަޅާފައިވާތީ އެކަމާ ގުޅިގެން ކޯޓުން ނިންމީ ސިއްރުން ހެކިބަސް ނެގޭނެ ކަމަށެވެ.
ދައުވާލިބޭ މީހުންގެ ތެރެއިން ނާޒިމާއި ފަހުމީ އާއި އިސްހާގާއި ހައިޝަމްގެ ފަރާތުން ހުށަހެޅި ބައެއް ދިފާއީ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ހުށަހަޅާފައިވެ އެވެ. ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރަން އެ މީހުންގެ ފަރާތުން ހުށަހެޅި ބަލައިނުގަތުމަށް ދައުލަތުން އެދުނީ ގާނޫނުގައި ބަޔާންކުރާ ގޮތަށް ތަހުގީގުގައި އެ ހެކިންގެ ވާހަކަ އެ މީހުން ފާހަގަ ނުކުރާތީ ކަމަށް ބުނެ އެވެ.
މުޖާޒްގެ ދިފާއީ ހެކި ބަލައިނުގަތުމަށް ދައުލަތުން އެދުނީ ދައުވާއާ ނުގުޅޭ ކަންތައްތަކެއް ސާބިތުކުރަން ހެކި ހުށަހެޅި ކަމަށް ބުނެ އެވެ.
އެ ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނިންމީ ހައިޝަމް ފިޔަވައި ދެން ތިބި މީހުންގެ ދިފާއީ ހެކިން ބަލައިނުގަތުމަށެވެ. އެކަމަކު ނާޒިމްގެ ފަރާތުން ހުށަހެޅި އެއް ހެއްކަކު ބަލައިގަތުމަށް ނިންމި އެވެ. އެއީ ތަހުގީގުގައި އެ ހެކީގެ ވާހަކަ ބުނެފައި އޮތުމުންނެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމުން އެ މައްސަލާގެ އިބްތިދާއީ މަރުހަލާ ނިމުނީ އެވެ. އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ހަފުތާގައި ފަށާނެ އެވެ.
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ބޮމުގެ ހަމަލާ: ބެންޗް އުވުނަސް ޝަރީއަތް އަލުންނުފަށާނެ
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު 2 މީހަކަށް ދައުވާ
ދައުވާކުރި ހަތަރު މީހުންގެ ބަންދު ދަމަހައްޓައިފި
ބޮމުގެ ހަމަލާގެ މައްސަލަ ބަލަން ތިން ފަނޑިޔާރުން
"ނަޝީދުގެ ހަމަލައާ ގުޅުން ހުރި މީހަކު ދުލެއް ނުކުރޭ"
ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް