ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ހައްޔަރުކުރި އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
07 ޖުލައި 2021
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ހައްޔަރުކުރި އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން މިހެން ބުނީ، "މޭ 6 ގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 3 މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް މި އޮފީހުން ނިންމައިފިން" ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފައި ވަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލަން އަމުރުކުރި ތިން މީހުންނަކީ ފުލުހުންނާއި ސިފައިން ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުން ކަމަށެވެ.
"ރައީސް ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އެއްވެސް މީހަކު ދޫކޮށްލައިފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ދޫކޮށްލި ތިން މީހުންގެ ވަނަވަރު ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، މި ތިން މީހުން ދޫކޮށްލަން އަމުރު ކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 40 ދުވަސް ވަންދެން ބަންދުކޮށްފައި ވާއިރު، އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީ ކަމަށެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް އަށް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހެއްގެ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.
ޓެރަރިސްޓް ހަަމަލާ އިން ލިބުނު ޒަހަމްތަކާ ގުޅިގެން ބޮޑެތި އޮޕަރޭޝަންތަކެއް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލްގަ އާއި ޖަރުމަނުގައި ވެސް ކުރައްވައިފަ އެވެ. އެ މަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސި ވިލާތުގަ އެވެ.
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ނަޝީދަށް ދިން ހަމަލާގެ ތަފުސީލު މިރޭ ހާމަކުރަނީ
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ބޮމުގެ ހަމަލާ: ބެންޗް އުވުނަސް ޝަރީއަތް އަލުންނުފަށާނެ
ބޮމުގެ ހަމަލާ: ހެކި ސިއްރު،ދިފާއީ ހެކިތަކެއް ބޭރު