Roadha Mihaaru
ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް، ނައިބަކަށް މިޒްނާ

ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް، ނައިބަކަށް މިޒްނާ

11 ޖޫން 2022

ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސަކަށް ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް މިއަދު އިންތިޚާބުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސަކަށް ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމް މިއަދު އިންތިޚާބުކޮށްފި އެވެ.

އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ދައުރު އަންނަ މަހު ހަމަވާތީ ބޭއްވި އިންތިޚާބުގައި ރައީސް ކަމަށް ވިޝާމާ އެކު ދެން ވާދަކުރެއްވީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ވަކީލް މުހައްމަދު ފައިސަލެވެ.

ނައިބު ރައީސް ކަމަށް ވާދަކުރެއްވީ މިޒްނާ އަހުމަދު އެކަންޏެވެ. އެ މަގާމަށް ނެގި ފެންނަ ނުފެންނަ ވޯޓެކެވެ.

ބާ ކައުންސިލްގެ އިންތިޚާބު މިއަދު ކުރިއަށް ދަނީ -- ފޮޓޯ/ބާ ކައުންސިލް

ބާ ކައުންސިލްގެ އިންތިޚާބު މިއަދު ކުރިއަށް ދަނީ -- ފޮޓޯ/ބާ ކައުންސިލް

އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބުކުރާ ހަ މަގާމަށް ކުރިމަތިލީ ފަސް ބޭފުޅެކެވެ. އެކަމަކު ފެންނަ ނުފެންނަ ވޯޓުގައި ހޮވުނީ ތިން ބޭފުޅެކެވެ. އެ މަގާމަށް ހޮވުނީ އެ ކޮމެޓީގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ވަކީލް އިބްރާހިމް ޝަމީލް އަދި ސާދިހު ނަސީރެވެ.

ކާމިޔާބުނުވީ އަލީ ސައީދާއި ނަސްރުﷲ މުސްތަފާ އެވެ.

ކުރީ ފަހަރާ ޚިލާފަށް މިފަހަރުގެ އިންތިޚާބުގައި ވާދަވެރިކަން އޮތީ ރައީސް ކަމަށް އެކަންޏެވެ.