Roadha Mihaaru
ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓް މީހުން ފާސްވި

ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓް މީހުން ފާސްވެއްޖެ

23 ޖެނުއަރީ 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި މީހުންގެ ތެރެއިން 68 ޕަސެންޓް މީހުން ފާސްވެފައިވާ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި މީހުންގެ ތެރެއިން 68 ޕަސެންޓް މީހުން ފާސްވެފައިވާ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްޓަކައި ހަދަންޖެހޭ ބާ އިމްތިހާނު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވީ މިދިޔަ ނޮވެމްބަރު މަހު އެވެ. ބާ ކައުންސިލުން ބުނީ އެ އިމްތިހާނުގައި ބައިވެރިވި 176 މީހުންގެ ތެރެއިން 68 ޕަސެންޓް ފާސްވެފައިވާ ކަމަށެވެ.

ބާ ކައުންސިލުން ބުނިގޮތުގައި އިމްތިހާނުގައި ބައިވެރިވި މީހުން ހޯދި އެވްރެޖް ނަތީޖާއަކީ 66 ޕަސެންޓެވެ.

އެ އިމްތިހާނުގައި ބައިވެރިވި މީހުންގެ ތެރެއިން 18 މީހަކު ވަނީ ޓޮޕް އެޗީވާސް ލިސްޓުގައި ހިމެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީ އާއި ވިލާ ކޮލެޖާއި އަދި ޔުނިވާސިޓީ އޮފް ލަންޑަންގެ ދަރިވަރުންނެވެ.

ވަކީލުކަމުގެ ލައިސަންސް ހޯދުމަށްޓަކައި ބާ އިމްތިހާނު ހަދަން ޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮތަސް، ބާ އިމްތިހާނެއް ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ. އެ އިމްތިހާނުގެ ފީ ބޮޑުވެގެން ގިނަ ޝަކުވާތަކެއް ކުރިމަތިވުމުން ވެސް އިމްތިހާނުގެ ފީ ވެސް ބާ ކައުންސިލުން ކުޑަކުރި އެވެ.