13 ޖޫން 2022
އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ބަޔަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ހޫނުވެފައި ވަނިކޮށް އެކަމާ ބެހޭ ގޮތުން ޗައިނާއިން ވާހަކަ ދައްކައިފި އެވެ.
އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ބަޔަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ހޫނުވެފައި ވަނިކޮށް އެކަމާ ބެހޭ ގޮތުން ޗައިނާއިން ވާހަކަ ދައްކައިފި އެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ވާދަވެރިވާ ކަމަށްވާ ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވީ ޗައިނާއިން އަބަދުވެސް ބާރުއަޅަނީ އެކި ދީންތަކާއި އެކި މުޖުތަމައުތަކުގެ މެދުގައި ތަފާތުކުރުމެއް ނެތި އެއްބަޔަކު އަނެއްބަޔަކު ގުޅިގެން އުޅުމަށް ކަމަށެވެ. އަދި މާނައެއް ނެތް ގޮތުގައި ހަރުކަށިކަން އިސްކޮށް ހަމަނުޖެހުންތަކަށް މަގުފަހިކުރުމަކީ ކޮށްގެންވާނެ ކަމަށް ނޫން ކަމަށް ވިދާޅުވި އެވެ.
"ޗައިނާއިން އުންމީދުކުރަނީ އުފެދިގެން އުޅޭ މައްސަލަ އެދެވޭ ގޮތެއްގައި ހައްލުކުރެވޭނެ ކަމަށް،" ރަސޫލާއަށް ފުރައްސާކުރި މައްސަލާގައި އިންޑިއާގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުމާ ބެހޭ ގޮތުން ކޮމެންޓަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވޮންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި މުޖުތަމައުތަކުގެ މެދުގައި އުފެދޭ މިފަދަ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެކި ދީންތަކާއި ފިކުރުގެ މީހުން އެކުގައި ގުޅިގެން އުޅެވޭނެ މާހައުލެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ބީޖޭޕީގެ އިސް ދެ ތަރުޖަމާނަކު ރަސޫލާއަށް ފުރައްސާކުރުމުން އެ މީހުންނާ މެދު ފިޔަވަޅު އަޅާފައި ވިޔަސް ސަރުކާރުން ވެސް އަދި ބީޖޭޕީއަކުން ވެސް ސާފުކޮށް މާފަށް އެދިފައެއް ނުވެ އެވެ. މި މައްސަލާގައި ކުރަމުންދާ މުޒާހަރާތައް މިދިޔަ ހުކުރު ދުވަހު މުޅި އިންޑިއާގައި ވެސް ހޫނުވި އެވެ. އަނެއްކޮޅުން އިންޑިއާ ފުލުހުންގެ ފަރާތުން ވެސް ދަނީ މުސްލިމުންނާ މެދު ތަފާތުކުރުން ގެންގުޅެ އަނިޔާވެރިކަން އިސްކުރަމުންނެވެ. މި ދުވަސްވަރު ދަނީ އެކި ސަބަބުތައް ދައްކައި، މުސްލިމުންގެ ގެދޮރު ތަޅައި ސުންނާފަތިކުރުމުގެ މަސައްކަތް ވެސް އިތުރަށް ކުރަމުންނެވެ.
ބުއްދިވެރިއަކު އެއްވެސް ދީނަކާ ނުބެހޭނެ: ޔާމީން
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ރަސޫލާއަށް ފުރައްސާރަކުރުން ރާއްޖޭން ކުށްވެރިކޮށްފި
ބީޖޭޕީގެ ތަރުޖަމާނު ހަމަލަދިނީ މުޅި އިސްލާމީ އުއްމަތަށް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"އިންޑިއާ-ޗައިނާ މަޝްވަރާކޮށް ގުޅުން ބަދަހިކުރަންޖެހޭ"
އިމުގެ މައްސަލާގައި އިންޑިއާ-ޗައިނާ އެއްބަސްވުމަކަށް
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ހިޖުރައިގެ ހާދިސާއިން އިބުރަތް ލިބިގަތުން