ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކުރި އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ހަމަލަދިނީ މުޅި އިސްލާމީ އުއްމަތަށް ކަމަށް އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.
ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކުރި އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ހަމަލަދިނީ މުޅި އިސްލާމީ އުއްމަތަށް ކަމަށް އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.
"މުޅި އިންސާނިއްޔަތަށް ރަހުމަތެއް ކަމުގައި މާތް ﷲ ފޮނުއްވެވި މަތިވެރި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާ ގުޅޭ ގޮތުން ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ދޮގު ވާހަކަ ދައްކައި އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކޮށް، އަވަށްޓެރި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްތަރުޖަމާނު ފާޅުގައި ބުނެފައިވާ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކެމެވެ،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އަދާލަތުގެ ބަޔާނުގައި ވެ އެވެ.
އެ ޕާޓީން ބުނީ، އެތައް މިލިއަން މުސްލިމުންނާއި ޣައިރު މުސްލިމުންގެ ލޯބި ހޯއްދަވާފައިވާ ކީރިތި ރަސޫލާގެ ޝަހުސިއްޔަތަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބީޖޭބީގެ އިސް ތަރުޖަމާނު ފަދަ މީހުން ކިތަންމެ ނުރުހުނަސް ކީިރިތި ރަސޫލާގެ ތާހިރު ސިޔަރަތާއި އެކަލޭގެފާނުގެ ޝަހުސިއްޔަތުން ނަމޫނާ ލިބިގަންނަ އައިރު މުސްލިމުން ވެސް އަންނަނީ އިތުރުވަމުން ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
"ހަމަ އެހެންމެ އެކަލޭގެފާނުގެ ޝަހުސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުން އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަން ވެސް އެފަދަ ފަރާތްތަކަށް ހަނދާން ކޮށްދެމެވެ،" ބީޖޭޕީގެ އިސްތަރުޖަމާނުގެ އެ އަމަލު ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވެ އެވެ.
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ރަސޫލާއަށް ފުރައްސާރަކުރުން ރާއްޖޭން ކުށްވެރިކޮށްފި
ބުއްދިވެރިއަކު އެއްވެސް ދީނަކާ ނުބެހޭނެ: ޔާމީން
މުޒާހަރާ ރޭވިކަމަށް ބުނެ 72 އަހަރުގެ މީހަކު ހައްޔަރު
ގަލްފު ގައުމުތަކާއި އިންޑިއާގެ ގުޅުން ހީނަރުވެދާނެ
ރަސޫލާއަށް ފުރައްސާރަކުރުމުން ޗައިނާ ވާހަކަ ދަައްކައިފި
ރަސޫލާއަށް ކުރި ފުރައްސާރައަށް ބަދަލުހިފާނަން: އަލްގާއިދާ
އިދިކޮޅުން އުޅުނީ ދީނުގެނަމުގައި ސިޔާސީ ޑްރާމާ ކުޅެން
ރަސޫލާއަށް ފުރައްސާރަކުރި މީހާ ބީޖޭޕީން ސަސްޕެންޑްކޮށްފި