Roadha Mihaaru
ޖައިލަމްގެ މަރު: 3 މީހަކު ސަލާމަތްވުމުން ހައި ކޯޓަށް

ޖައިލަމްގެ މަރު: ކުށް ސާބިތުނުވެ، ސަލާމަތްވި ތިން މީހެއްގެ މައްސަލަ ހައިކޯޓަށް

14 ޖޫން 2022

މީގެ ހަތް އަހަރު ކުރިން މާލޭގައި މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ، ސަލާމަތްވި ތިން މީހެއްގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަތް އަހަރު ކުރިން މާލޭގައި މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ، ސަލާމަތްވި ތިން މީހެއްގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ފެބްރުއަރީ، 2015 ގައި ދަރުބާރުގެ ކައިރިން ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ މާޗް މަހު އެވެ.

އޭގެ ތެރެއިން ހުމައިދު ފިޔަވައި ދެން ތިބި މީހުންގެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ހަތް އަހަރު ވަންދެން ހިންގި ޝަރީއަތަށްފަހު ކްރިމިނަލް ކޯޓުން ނިންމީ ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނީ އެންމެ ހެކިވެރިއަކު ކަމަށް ވެފައި، އޭނާ ހުރީ މަސްތުވެގެން ކަމަށް ކޯޓަށް ފަހުން ސިޓީއަކުން އަންގާފައިވާތީ އޭނާގެ ބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ.

އެ މައްސަލާގައި 16 ހެކިވެރިއަކު ހުށަހެޅިޔަސް، 11 މީހަކު ކޯޓަށް ހާޒިރެއް ނުވި އެވެ. ހާޒިރުވި މީހުންނަށް ވެސް ހަމަލާދިން މަންޒަރެއް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.