ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު،ގެ ބެޑްމިންޓަން އެކަޑަމީން ޖޫނިއާ ބެޑްމިންޓަންގެ ބޮޑު މުބާރާތެއް ބާއްވަން އިއުލާން ކޮށްފި އެވެ.
ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު،ގެ ބެޑްމިންޓަން އެކަޑަމީން ޖޫނިއާ ބެޑްމިންޓަންގެ ބޮޑު މުބާރާތެއް ބާއްވަން އިއުލާން ކޮށްފި އެވެ.
"އަޖުފާން އިންޓަނޭޝަނަލް އެކަޑަމީ" ން ބާއްވާ މި މުބާރާތަކީ ކޮވިޑަށް ފަހު ބާއްވާ ޖުނީއާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތަށް ވާނެ ކަމަށް އަޖުފާން ބުންޏެވެ.
"ސަތޭކަ އަށް ވުރެ ގިނަ ކުދިން ބައިވެރިވާނެ. މި ވެދާނެ ކޮވިޑަށް ފަހު މާލެ ސަރަހައްދުގައި ބާއްވާ ޖޫނިއާ އެންމެ ބޮޑު މުބާރާތަށް ވެސް. މިހެން މި ބުނީ ބެޑްމިންޓަންގެ އިންޓަ ސްކޫލްގެ މުބާރާތް އަދި މިއަހަރު ނުބާއްވާތީ،" ގައުމީ ޗެމްޕިއަންކަން ރެކޯޑް އަދަދަކަށް ހޯދި ކުޅުންތެރިޔާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޖޫނިއާ ލެވަލްގެ ހުރިހާ އުމުރު ފުރައެއް މުބާރާތުގައި ހިމެނޭނެ އެވެ. އެއީ ހަ އަހަރު ދަށުން ފެށިގެން 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިން މުބާރާތުގައި ބައިވެރިވާން އެދިފައިވާ ކަމަށް އޭނާ ބުންޏެވެ. މުބާރާތް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ހުރިހާ އުމުރު ފުރައެއްގެ ކުދިންގެ މެދުގައި ވަނަ ހޮވުމުގެ ވިސްނުމެއް ވެސް އޭނާ ގެންގުޅެ އެވެ.
"އެއްވަނަ ދެވަނަ ތިންވަނަ ހޮވަން ބޭނުން. ސަބަބަކީ އެ ކުދިން ޑިވެލޮޕްވަމުން އަންނައިރު އަހަރެން ބޭނުން ވަކި ސްޓޭންޑަޑެއްގައި އެ ކުދިން ކުރިއަށްދާން. މާދަމާ އެ ކުދިން އިންޓަނޭޝަނަލް ސްޓޭޖަށް ދާއިރު. އެ ކުދިން އެހާހިސާބަށް ދާން ވާނީ ވާދަ ކުރުމުގައި ޗެލެންޖެއް ވެސް އޮވެގެން،" އޮލިމްޕިކް ގޭމްސް އަކަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓް ބުންޏެވެ.
"މުބާރާތުގައި ބައިވެރިވެލުމުގެ ވިސްނުން އެކަނި ކުދިންގެ މެދުގައި އޮވެގެން އިންޓަނޭޝަނަލީ ރާއްޖެ އަށް ކުޅިވަރުގައި ކާމިޔާބު ހޯދަން އުނދަގޫ ވާނެ. ކުދިންނަށް އޭތި ރިއަލައިޒް ވާން ޖެހޭ. ކުދިންގެ ކިބައިގައި ވެސް އެ ސްޕްރިޓް ހުރޭ. ކިޔެވުމުގައި ވަނަ ނުހޮވުމާއި ކުޅިވަރުގައި ވަނަ ހޮވުން ވަރަށް ތަފާތު. ސަބަބަކީ ކުޅިވަރަ އެތުލީޓަކު ސްކޫލް މަރުހަލާ ނިމުނީމަ އެކަން ހުއްޓައެއް ނުލާނެ.
އެތުލީޓް ދާނީ ކުރިއަށް. ގައުމު ތަމްސީލު ކުރަން އިންޓަނޭޝަނަލް އެކި ގޭމްސްތަކުގައި އޭނާ ވާދަކުރާނެ. މުޅި ގައުމު އޭނާގެ ފަހަތުގައި އޮންނައިރު ގައުމު އޭނާ އާ މެދު އުންމިދުތަކެއް ކުރާނެ. އެހާހިސާބަށް އެތުލީޓަކު ދާއިރު އޭނާ ޒުވާން އުމުރުން ފެށިގެން ހޯދާ ކާމިޔާބުތައް އަގުވަޒަން ކުރެވެން ވާނެ ކަމަށް ދެކެނީ."
އަޖުފާން އަމިއްލަ އެކަޑަމީއެއް ހެދީ ނޮވެމްބަރު 2020 ގަ އެވެ. އޭރު އޭނާ ބުނީ އެކަޑަމީން ތަމްރީންވާ ކުދިން އިންޓަނޭޝަނަލް ލެވަލްއާ ހަމައަށް ގެންދަން ބޭނުންވާ ކަމަށެވެ. އޭނާގެ ކޮއްކޮ، ކުރީގެ ގައުމީ ޗެމްޕިއަން އައިޝަތު އަފްނާން ރަޝީދު ވެސް ދަނީ އަމިއްލަ ނަމުގައި އެކަޑަމީއެއް ހަދައިގެން ހިންގަމުންނެވެ.
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
އަޖްފާނަށް އަނިޔާވެއްޖެ، ޒަޔާން ސެމީ ފައިނަލަށް
ސެމީގައި ރިވައިވަލް އާއި އައިބާގެ ކުރިމަތިލުމެއް
އަޖުފާން އެކެޑަމީގެ މުބާރާތަކީ ކުރިއަަރަން ފުރުސަތެއް
އަޖުފާން ބެޑްމިންޓަން އެކަޑަމީއެއް ފަށައިފި
އުފާފާޅުކުރެވުނު ގޮތުން އަޖުފާން މާފަށް އެދިއްޖެ
އަޖުފާނަށް ނުވަ ވަނަ ފަަހަރަށް ގައުމީ ޗެމްޕިއަންކަން
ބެޑްމިންޓަން: ޒަޔާން ބަލިކޮށް އަޖުފާން ފައިނަލަށް
އަޖުފާނާއި ޒަޔާން ސިންގަލްސް އިން ކަޓައިފި
މޮޅު ކުޅުމަކާ އެކު އަޖުފާން ދެ ވަނަ ބުރަށް