19 ޖޫން 2022
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި ފުލުސް މީހާގެ ހެކިބަސް މިއަދު ނަގައިފި އެވެ.
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި ފުލުސް މީހާގެ ހެކިބަސް މިއަދު ނަގައިފި އެވެ.
އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، އެމަނިކުފާނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހާޒިރުކުރީ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރުމަށްފަހު އެއާ ބެހޭގޮތުން ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ އެވެ. އޭނާ ބުނިގޮތުގައި ޒިޔަތުގެ ލެޕްޓޮޕުން ވައިބާ މެދުވެރިކޮށް 2015 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ތިން މީހަކާ ކޮށްފައިވާ މުއާމަލާތްތައް އެނަލައިޒް ކޮށްފައިވާނެ ކަމަށެވެ.
ޔާމީނާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު -- ފޮޓޯ/ރައީސް އޮފީސް
އެ މުއާމަލާތްތައް ކޮށްފައިވާ މީހުންގެ މައުލޫމާތެއް އެ ހެކިވެރިޔާ ހާމައެއް ނުކުރެ އެވެ. އާރަށުގެ މުއާމަލާތާ ގުޅޭ އެއްވެސް މައުލޫމާތެއް ފެނުނުތޯ ޔާމީންގެ ވަކީލުން ސުވާލު ކުރުމުން އެކަން ދައުލަތުން ހުއްޓުވި އެވެ. އެއީ އާރަށުގެ މައްސަލައާ ގުޅޭ ކަންކަން ބެލުމަކީ އެ ފުލުސް މީހާގެ ދައުރަކަށް އެވެ.
ދިފާއީ ވަކީލުންގެ މައިގަނޑު ގޮތެއްގައި ސުވާލުކުރީ އެ ފުލުސް މީހާގެ ތައުލީމާއި ތަޖްރިބާއާ ބެހޭގޮތުންނާއި ލެޕްޓޮޕް ތަހުލީލު ކުރުމުގައި ބޭނުންކުރި އުކުޅުތަކާ ބެހޭގޮތުން އަދި ލެބޯޓްރީ ހަމައަށް އެ ތަކެތި އައިއިރު ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާ ކަމާ ބެހޭގޮތުންނެވެ.
އެ ފުލުސް މީހާ ބުނިގޮތުގައި ލެބޯޓްރީ ހަމައަށް އައިއިރު، ލެޕްޓޮޕްގެ ޗެއިން އޮފް ކަސްޓަޑީގައި އެއްވެސް މައްސަލައެއް ނެތެވެ.
މީގެކުރިން ބޭއްވި އަޑުއެހުމުގައި ނެގީ ފޯނަކުން ނަގާފައިވާ މައުލޫމާތުތަކެއް ތަހުލީލުކުރި ފުލުސް މީހެކެވެ.
އެ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވާނެ އެވެ. އެ އަޑުއެހުމުގައި ވެސް އޮންނާނީ ހެކިންގެ ހެކިބަސް ނެގުމެވެ.
"ޔާމީނަށް ފައިސާދިން ކަމަށް ޔޫސުފް ނައީމް ވިދާޅުވި"
ފައިސާ އަށް ހަދަންވީ ގޮތް އެންގެވީ ޔާމީން: ޒިޔަތު
ޔާމީންގެ ޝަރީއަތް މިފަހަރު ވެސް ލައިވްކުރަން ނިންމައިފި
ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ކޮމިޝަން ލިބެންދެން ފުއްގިރި ޑީލް ފަސްކުރި: އަދީބު
އަދީބާއި ޒިޔަތުގެ ހެކިބަސް އިންސާފަށް މުހިންމު: ޕީޖީ