08 ޖޫން 2022
ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ އެމްޑީޕީ އަށް ދެވަނަ ދައުރެއް ލިބުން ކަމަށާއި މިހާރު ފަށާފައިވާ މަޝްރޫއުތައް ކުރިޔަށް ގެންދަން ވެސް ދެވަނަ ދައުރެއް ލިބުން މުހިންމު ކަމަށެވެ.
ނަމަވެސް އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ގިނަ ޕާޓީތަކާ އެކު ކޯލިޝަނެއް ހަދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާ އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ އެ ޕާޓީގެ ކޮންގްރެސް އިން ކަމަށާއި ނަމަވެސް އެމްޑީޕީން 2023 ކާމިޔާބުކުރަން ބޭނުން ނަމަ ޗޮއިސްއެއް ގޮތުގައި އެމަނިކުފާނު ހުންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވާންޏާ އަޅުގަނޑު މިހިރީ ޗޮއިސް އަކަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ފާޅުގައި އިއުލާން ކުރެއްވި އިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާޅު ކުރައްވައިފަ އެވެ.
އެމްޑީޕީ އެތެރޭގައި ކަންކަން ކުރިޔަށް ގެންދަން ވާނީ އެ ޕާޓީގެ ގަވައިދާ އެއްގޮތަށް. ޕްރައިމެރީއެއް ބާއްވަން ގަވައިދުގައި އޮތް ކަމަށް ވަންޏާ އެކަން ކުރަންވާނީ އެގޮތަށް: ރައީސް
ނަޝީދުގެ ވިސްނުންފުޅުގައި 2023 ގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެ އެވެ. އަދި ކޯލިޝަނަކާ ނުލައި ވެރިކަން ކާމިޔާބު ކުރެވޭނެ ގޮތަށް ރައްޔިތުންގެ 30 ޕަސެންޓު ވޯޓު އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ވެސް އެ މަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވެސް އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އެ ޕާޓީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ޑިމޮކްރަޓިކް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށެވެ.
"އެމްޑީޕީ އެތެރޭގައި ކަންކަން ކުރިޔަށް ގެންދަން ވާނީ އެ ޕާޓީގެ ގަވައިދާ އެއްގޮތަށް. ޕްރައިމެރީއެއް ބާއްވަން ގަވައިދުގައި އޮތް ކަމަށް ވަންޏާ އެކަން ކުރަންވާނީ އެގޮތަށް،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން ދެ ރައީސުން ވެސް ފާޅު ކުރައްވާފައިވާ އިރު އެ ޕާޓީ ތެރޭ ވަނީ ވަރަށް ބޮޑަށް ފެކްޝަން އުފެދިފަ އެވެ. އެ ޕާޓީގެ އެތެރޭގެ ބައްދަލުވުންތަކާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބައެއް މައްސަލަތަކުގައި ވެސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންގެ ދެމެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތެވެ.
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
މަސައްކަތް ކުރެވިއްޖެ، ބޮޑު ކާމިޔާބީއެއް ލިބޭނެ:ރައީސް
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
"އަސާސީ ހިދުމަތް ފުރިހަމަވެ ހުށަހެޅުން ބަދަލުވެއްޖެ"
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
ކެމްޕޭނަށް ފުރުސަތު ދޭން ރައީސް އެދިވަޑައިގެންފި
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
ހުޅުދުއްފާރުގައި ރައީސްގެ ހަނދާނަށް އަބްދުﷲ ގާޒީ
ބަދަލު ކުޅުންތެރިން އަރުވައިގެން މޮޅެއް ނުވާނެ: ރައީސް