Roadha Mihaaru
އިއްސެގެ މަރު:ގާތިލް މަރަން ކުރި ހުކުމް އިސްތިއުނާފަށް

އިއްސެގެ މަރު: ގާތިލް ސުމޮން މަރަން ކުރި ހުކުމް އިސްތިއުނާފަށް

20 ޖޫން 2022

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ ގާތިލް ސުމޮން މިއާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ ގާތިލް ސުމޮން މިއާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ.

ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި މަސައްކަތްކުރި ޅ. ހިންނަވަރަށް ނިސްބަތްވާ އިއްސެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ އޭނާއާ އެކު އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ސުމޮން އެވެ.

ސުމޮންގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ސުމޮންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ.

އިއްސެ މަރާލި ކަމަށް ސުމޮން ކޯޓުގައި ފުރަތަމަ އިއުތިރާފްވެ، އެކަން ކުރި ގޮތް ވެސް ކިޔައިދިނެވެ. އެކަމަކު ފަހުން އޭނާ ދައުވާއަށް އިންކާރުކޮށް، ބުނަމުން ދިޔައީ އޭނާ އެއްބަސްވީ ބިރު ދެއްކުމުން ކަމަށެވެ.

ސުމޮންއާ އެކު ރާއްޖޭގައި ދެން މަރުގެ ހުކުމެއް އިއްވާފައިވާ ބިދޭސީއަކީ އދ. ދަނގެތީގެ ވިޔަފާރިވެރިއަކު މަރާލި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޝާހް އަލޮމް މިއާ އެވެ. ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒުކުރީ 1953 ވަނަ އަހަރު އެވެ.