23 ޖޫން 2022
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
ޔާގޯއާ ދެކޮޅަށް ބޭއްވި ހަރަކާތުގެ ތެރެއިން ގަލޮޅު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރޭ ހައްޔަރުކުރީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝޭހް އާދަމް ނިޝާނާއި ޝޭހް ފަޒްލޫން މުހައްމަދުގެ އިތުރުން އިތުރު ތިން މީހެކެވެ.
އޭގެ ތެރެއިން މުހައްމަދު އިސްމާއިލްގެ ބަންދަށް ކޯޓުން މިއަދު ދިނީ ފަސް ދުވަހެވެ. ޝޭހް ފަޒްލޫނާއި ޝޭހް އާދަމް ނިޝާންގެ ބަންދަށް ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.
ބާކީ ތިން މީހުންގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްްޒާން (ޓަކީ) ގެ ބަންދަށް ދިނީ ވެސް ހަތް ދުވަހެވެ. ދެން ތިބި ދެ އަހުމަދު ނަސޫހާއި އަބްދުﷲ ރިފާއުގެ ބަންދަށް ދިނީ 60 ދުވަހެވެ.
ހަމަނުޖެހުން ހިންގި ދުވަހު ވެސް އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދު މުއްދަތު ކޯޓުން ކުރިން ވަނީ އިތުރުކޮށްފަ އެވެ.
ޝޭހް ފަޒްލޫނާއި ޝޭހް އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ހިފަހައްޓައިފަ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ޚާއްސަ އިންކުއަރީއެއް ދަނީ ހިންގަމުންނެވެ.
ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލީ ރަނގަޅަށް
ފަޒްލޫން ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް
ނިޝާން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް
ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
ޝައިހް ފަޒްލޫން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ޝައިހް ނިޝާން ވެސް ބަންދުން ދޫކޮށްލައިފި
ޝޭހް ނިޝާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި
ޔާމީންގެ ގެކޮޅަށް ގެއްލުންދިން މީހާ ދޫކޮށްލައިފި
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި