Roadha Mihaaru
ނިޝާން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

ނިޝާން ދޫކޮށްލުމާ ދެކޮޅަށް ދައުލަތުން ކުރި އިސްތިއުނާފް ހައި ކޯޓުން ބަލައެއްނުގަތް

16 އޯގަސްޓް 2022

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބަންދުން ދޫކޮށްލުމުން އެކަމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަންނަން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބަންދުން ދޫކޮށްލުމުން އެކަމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަންނަން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ހައްޔަރުކުރި ނިޝާން މަހަކަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު މިމަހު ކުރީކޮޅު އޭނާ ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅުމުން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވަނީ ނިޝާންގެ ބަންދު މުއްދަތު އިތުރުކުރަން ފުލުހުން އެދުނީ ގާނޫނުގެ ނުބައި މާއްދާއެއްގެ ދަށުން ކަމަށާއި އަދި އެ ނޫން މާއްދާއެއްގެ ދަށުން ނިޝާން ބަންދުކުރަން ކޯޓަށް ހުރަހެއް ނެތް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެފަދަ ގާނޫނީ ނައްސެއް ދައުލަތަށް ނުދެއްކޭ ކަމަށާއި އަދި އެ މައްސަލާގައި ހުށަހެޅި ކަންކަމުގެ ބޭރުން ފަނޑިޔާރުން ގޮތް ނިންމާފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ނިޝާންގެ އިތުރުން ޝައިހް ފަޒްލޫން މުހައްމަދު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އޭނާ ވެސް ކުރިން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މިހާރު އޮތީ ސަސްޕެންޑްކޮށްފަ އެވެ.