Roadha Mihaaru

ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކުރި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

25 ޖުލައި 2022

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކުރި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ޔޯގާ ހަރަކާތް ހިންގަނިކޮށް، އެ ތަނަށް ވަދެ ހިންގި ހަަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމުގެ ތުހުމަތަށް ހައްޔަރުކޮށް، ފަޒްލޫން ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ ހަފުތާގައި އޭނާ ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވިޔަސް، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރިއިރު، ކުރިން އޭނާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ވެސް އޮތީ އިސްތިއުނާފްކޮށްފަ އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ކުރިއިރު، އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ޝައިހް ނިޝާން އާދަމް އަދިވެސް ހުރީ ބަންދުގަ އެވެ.